![ދުނިޔޭގައި އަލަށް ކާމިޔާބުކާމާއެކު މޫނާއި ދެ އަތުގެ ޓްރާންސްޕްލާންޓެއް ހަދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2F7GGV6G4Z6JGGDO7MD3QDTBJMIA.jpg&w=3840&q=75)
ދުނިޔޭގައި އަލަށް ކާމިޔާބުކާމާއެކު މޫނާއި ދެ އަތުގެ ޓްރާންސްޕްލާންޓެއް ހަދައިފި
7GGV6G4Z6JGGDO7MD3QDTBJMIA
ނިއުޔޯކް ޔުނިވަރސިޓީގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބުކަމާއެކު އެންމެ ފުރަތަމަ ހެދި މޫނާއި ދެ އަތުގެ ޓްރާންސްޕްލާންޓް ހަދައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މި ޓްރާންސްޕްލާންޓް ހަދާފައިވަނީ 2018 ވަނަ އަހަރުގައި ކާރު އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާލިބުނު ޖޯ ޑިމިއޯ އަށެވެ. ޑިމިއޯއަށް ވަނީ ކާރު ދުއްވި އިރު ނިދިފައެވެ. އެއާއެކު އޭނާއަށް ކާރުގެ ކޮންޓްރޯލް ގެއްލި، ކާރު ފުރޮޅެމުންގޮސް ކާރުގައި އަލިފާން ރޯވިއެވެ.
ކާރު އެއްކޮށް ގޮވުމުގެ ކުރިން މީހަކު ވަނީ އޭނާ ކާރުގެ ތަރެއިން ނެރެފައެވެ. ނަމަވެސް އޭނާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއްވެފައެވެ. އޭނާގެ ހަށިގަނޑުގެ 80 ޕަސެންޓް އަދާފައިވާއިރު އޭނާ ސަލާމަތްވިއިރު އޭނާގެ ކަންފަތާއި އަތުގެ އިނގިލިތަކެއް ނެތެވެ. އަދި އޭނާގެ މުޅި މޫނުގައި ވަނީ އެއްކޮށް ލަކުނު ހެދިފައެވެ.
އޭނާ އޮތީ 2 މަހާއި ބައި ވަންދެން ކޮމާއެއްގައެވެ. އެންމެ އުނދަގޫ ކަމަކަށް ވެގެންދިޔައީ ޑޯނަރ އެއް ހޯދުމަށް ކަމަށް ޑިމިއޯގެ ޑޮކްޓަރު ބުންޏެވެ. އޭނާ އިތުރަށް ބުނީ ޑިމިއޯއަށް ޑޯނަރ ލިބުމުގެ އޮތީ އެންމެ 6 ޕަސެންޓް ޗާންސެއް ކަމަށެވެ. ނަމަވެސް ކަންދިމާކުރިގޮތުން އޭނާއަށް މޫނާއި ދެ އަތް ދޭނެ ޑޯނަރ އެއް ލިބުނެވެ.
މިއާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ނިއުޔޯކް ޔުނިވަރސިޓީގެ 16 ސާރޖަނުންގެ މައްޗަށް އެކުލެވޭ ޓީމަކުން ވަނީ 23 ގަޑިއިރު ތެރޭގައި ކާމިޔާބު ކަމާއެކު ޓްރާންސްޕްލާންޓް ފުރިހަމަ ކޮށްފައެވެ. އަދި އޭނާ ވަނީ ނޮވެމްބަރު މަހުގައި ހޮސްޕިޓަލުން ޑިސްޗާރޖް ކޮށްފައެވެ.