ެރައީސްގެ ބަޔާނަކީ ދޮގާއި މަކަރާއި ޙީލަތުގެ މައްޗަށް އެކުލެވިފައި އޮތް ބަޔާނެއް – އަދުރޭ
އަހުމަދު ސަދޫފް މޫސާ
2/4/2021, 12:13:18 PM
big_ggTvtN6Wxika0TS8rEmnczyjK
2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާލުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ދެއްވި ބަޔާނަކީ ދޮގާއި މަކަރާއި ޙީލަތުގެ މައްޗަށް އެކުލެވިފައި އޮތް ބަޔާނެއްކަމުގައި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، ރައީސް އިބްރާޙިމް މުހައްމަދު ސާލިޙް މިއަދު ދެއްވި ޙިތާބަކީ އެއްވެސް އުއްމީދެއް ނެތް، މަޔޫސީ ބަޔާނެއް ކަމުގައިއެވެ. އަދި ހަމައެހެންމެ، އަދުރޭ ވިދާޅުވި ގޮތުގައި އެބަޔާނަކީ ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާއި ނުރައްކާތެރިކަން ހާމަވެއްޖެ ބަޔާނެއް ކަމުގައިއާއި މިކަމާއި މެދު ރައްޔިތުން ވިސްނާ ކަމަށެވެ.
ރައީސް ސާލިޙްގެ ތިންވަނަ ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު، އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު މަޖިލިސް ސަރަހައްދުގައި މުޒާހަރާކޮށްފައި ވެއެވެ. އަދި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވަނީ މަޖިލިސް ތެރޭގައިވެސް މުޒާހަރާކޮށްފައިއެވެ.