logoEN
cocacola
ކުރިޔަށް ދިއުމަށް އެންމެ ރަނގަޅު ދާއިރާއަކީ ކޮބާ؟

ކުރިޔަށް ދިއުމަށް އެންމެ ރަނގަޅު ދާއިރާއަކީ ކޮބާ؟

DA79A584-C69D-4674-95EF-0E7FCB516BBB

ގޮސިޔާ

ކާމިޔާބު މީހަކަށް ވުމަކީ ކޮންމެ އިންސާނެއްގެވެސް ވަރަށް ބޮޑު އުއްމީދެކެވެ. ކެރިއަރ ގައި ކުރިޔަށް ދިޔުމަށް ރަނގަޅު ދާއިރާއެއް ކަނޑައެޅުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ސްކޫލް ނިންމާ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ވަޒީފާތަކުގެ މައުލޫމާތާއި، ކުރިޔަށްދާނެ ދާއިރާއެއް ކަޑައެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ކެރިއަރ ގައިޑެންސް ކުރިޔަށް ގެންދެވެއެވެ. މިފަދަ ސެޝަންތައް ދަރިވަރުންނާއި ޒުވާނުންނަށް ކުރިއަށް ދާންވީ ދާއިރާ ކަނޑައެޅުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދެއެވެ.

ކުރިޔަށް ދާންވީ ދާއިރާއެއް ކަނޑައެޅުމުގައި، ގިނަ ބައެއްގެ އަމާޒު އެންމެ ބޮޑަށްހުއްޓެނީ، ބޮޑެތި މުސާރަތައް ލިބޭ ދާއިރާތަކަށެވެ. އަދި ފަސޭހައިން ކުރިޔަށް ދެވޭނެ، އަވަހަށް ކުރިއެރުން ލިބޭ ދާއިރާތަށް އިޚްތިޔާރު ކުރުމަށް ގިނަ ބަޔަކު އިސްކަން ދެއެވެ.

ކުރިޔަށް ދިއުމަށް އެންމެ ރަނގަޅު ދާއިރާއަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފިނަމަ، ޖަވާބެއްގެ ގޮތުގައި ތަފާތު ގިނަ ދާއިރާތަކެއް އަންނާނެއެވެ. މިއީ އެއްވެސް މީހަކު ދެބަސް ނުވާނެ ކަމެކެވެ. އެންމެ ރަނގަޅު ދާއިރާއެއް ކަނޑައެޅުމުގައި ތަފާތު މީހުން، ތަފާތު ކަންކަން އިސްކަން ދެއެވެ. އަދި ބައެއްފަހަރު އެމީހެއްގެ ޝައުޤުވެރިކަން ހުންނަ މަސައްކަތައް ނުވަތަ، ކުރާ ހިތްވާ ކަމެއްގެ ބާވަތުން، ކުރިޔަށް ދާން ބޭނުންވާ ދާއިރާ ބަދަލުވެއެވެ.

ކުރިޔަށް ދާން އެންމެ ރަނގަޅު އަދި ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށް އިޚްތިޔާރު ކުރަންވީ ދާއިރާއަކީ ކޮބައިތޯ ޒުވާނަކު، ޢިލްމުވެރިއެއްގެ ގާތުން، އަހައެވެ. ޢިލްމުވެރިޔާ މޫނަށް ހިނިތުންވުމެން ގެންނަމުން މިސުވާލުގެ ޖަވާބު ޒުވާނާއަށް ދެއެވެ.

ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށް ތިބާ އިޚްތިޔާރުކުރުން އެންމެ ރަނގަޅު ދާއިރާއަކީ ހެޔޮލަފާ ރަނގަޅު އިންސާކަށް ވުމެވެ. މިދާއިރާއިން ތިބާއަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެން ދާނެއެވެ. އަދި މިދާއިރާއިން ތިބާއަށް، އެއްވެސް ވާދަކުރުމެއް ނުވަތަ ގޮންޖެހުމެއް ކުރިމަތި ނުވާނެއެވެ.

އިލްމު ވެރިޔާގެ މިޖަވާބަކީ ވަރަށް ފުރިހަމަ އަދި އެއިން ވަރަށް ބޮޑު އިބްރަތެއް ހާޞިލް ކުރެވޭ ޖަވާބެކެވެ. އަހަރަމެން ކޮންމެ އިންސާނަކުވެސް، ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ގޮތަށް، އިސްލާމީ ގިޔުގަނޑުގެތެރެއަށް އަހަރަމެންގެ އުޅުމާއި ގުޅުން ބައްޓަންކޮށް، ހެޔޮލަފާ ރަނގަޅު އިންސާނުންތަކަށް ބަދަލުވެވިއްޖެނަމަ، މިދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ހާޞިލް ކުރެވޭނެއެވެ. ހެޔޮލަފާ އިންސާނަކަށް އަހަރަމެން ބަދަލުވެވިއްޖެ ނަމަ، ކޮންމެ ދާއިރާއަކަށް އެމީހަކު ނުކުތް ކަމުގައި ވީނަމަވެސް، އެމީހަކު ކުރާ ކޮންމެ ކަމެއްގައި ﷲ ތަޢާލާގެ ބަރަކާތް އެކުލެވިގެން ދާނެއެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ