logoEN
ކޮކާކޯލާ
ވެކްސިން އުފުލުމުގައި ސިފައިން ހަރަކާތްތެރިވަނީ

ވެކްސިން އުފުލުމުގައި ސިފައިން ހަރަކާތްތެރިވަނީ

img_lg_202102010243481612172628.7571

ރާއްޖޭގައި މިހާރު ފެށިގެން ކުރިއަށްދާ " ވެކްސިނޭޝަން ޕްރޮގްރާމް" ގަައި ބޭނުންކުރާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގެ ރަށްތަކަށް އުފުލައިދިނުމުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އަބުޅޯ

އިންޑިއާއިން ހަދިޔާކުރި "ކޮވިޝީލްޑް ވެކްސިން" ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް ފޯރުކޮށްދިނުމުގެ ހިދުމަތް ސަރުކާރުން ފައްޓަވާފައިވާއިރު ދިވެހި ސިފައިންގެ އެހީތެރިކަމާއެކު ރައްކާތެރި ގޮތުގައި ވެކްސިން ރާއްޖޭގެ ހުރިހާރަށަކަށް ފޯރުކޮށްދިނުމުގެ ހިދުމަތް ފެށިގެން މިހާރު ދަނީ ކުރިއަށެވެ.

މިއަދު ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ހުވަދު އަތޮޅުގެ ހޮސްޕިޓަލްތަކަށްވެސް މިއަދުގެ ވަގުތެއްގައި ވެކްސިން ލިބި އެމަސައްކަތް ފެށިގެންދާނެއެވެ. އަދި ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ވެކްސިން ފޯރުކޮށްދިނުމުގައިވެސް ސިފައިން ހަރަކާތްތެރިވާނެ ކަމަށް އަތޮޅު ހޮސްޕިޓަލްތަކުން މައުލޫމާތު ލިބެއެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ ސިއްޙީ ހިދުމަތްތެރިންނަށެވެ.

ފެބްރުއަރީ 1ވަނަ ދުވަހު "ކޮވިޑް-19 ވެކްސިނޭޝަން ދިފާއު ކެމްޕެއިން" ފައްޓަވައިދެއްވީ ދިވެހި ދައުލަތުގެ 3 ބާރުކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އާއި، ޗީފް ޖަސްޓިސް އާއި މަޖިލީހުގެ ރައީސްގެ އިތުރުން ފްރަންޓް ލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކެވެ. ފާއިތުވި ދެ ދުވަސްތެރޭގައި ޖުމްލް 880 ފަރާތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ