![ހުރިހާ ރަށެއްގައި މާސްކުއެޅުން މަޖުބޫރުކޮށް އެކަން ތަންފީޒު ކުރަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2F266425_3_286090b4e2f18051d784e4bf5f766a5d4413e320_large.jpg&w=3840&q=75)
ހުރިހާ ރަށެއްގައި މާސްކުއެޅުން މަޖުބޫރުކޮށް އެކަން ތަންފީޒު ކުރަނީ
covid
ރާއްޖެއިން ކޮވިޑް 19 އަށް ފައްސިވާ މީހުންގެ ގިނަވެ ތިންވަނަ ރާޅެއްގެ ބިރާއިއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް އެކަން ތަންފީޒު ކުރުން ހަރުދަނާކުރަން ނިންމައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މިއަދު ހަވީރު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާން ކޮށްފައިވަނީ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންނެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ މިކަމަށް ޚާއްސަ އުސޭލެއް ވެސް ނެރފައިއެވެ. މި އުސޫލަށް އަމަލުކުރަން ފަށާ ތަރީހަކީ ފެބްރުއަރީ 7 ވަނަ ދުވަހުން ފަށައިގެންނެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރުކޮށް އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި ބުނެފައިވާ ގޮތުގައި މާސްކު އެޅުމުން އިސްތިސްނާވާނީ އުމުރުން ދެ އަހަރު ނުވާ ކުދިންނާއި ކަސްރަތު ކުރަން އުޅޭމީހުން، އަދި އެހެން މީހުންގެ އެހީ އާއި ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުންގެ އިތުރުން ކެފޭ ރެސްޓޯރެންޓުތަކުގައި ކާބޯތަކެތީގެ ހިދުމަތް ހޯދާ ފަރާތްތައް ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ގިނަ ވެފައިވާ އިރު މާލެ ސަރައްހައްދުން ނޫނަސް އަތޮޅުތެރޭގެ ގިނަ ރަށްރަށުންވެސް މި ބަލީގެ ކޮމިއުނިޓީ ސްޕްރެޑްތަށް ދަނީ ފެންނަމުންނެވެ. އެގޮތުން ދާދިފަހުން ގއ ދެއްވަދޫއިން ވަނީ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ ރަށް މޮނީޓަރިންގ ގެ ހާލަތަށް ގެނެސްފައިއެވެ. އެހެން ނަމަވެސް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު މިހާރު އެރަށުގެ މޮނީޓަރިންގ ވަނީ އުވާލެވިފައެވެ.