
ތިނަދޫއަށް ކޮވިޑް ވެކްސިން މިއަދު ލިބޭނެ - ޑރ އޭއެސްއެމް ހޮސްޕިޓަލް
dr.asmh
ގދ ތިނަދޫއަށް މިއަދު ކޮވިޑް-19 ވެކްސިން ލިބޭނެ ކަމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

" ގާފު " އޮންލައިންއަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވިގޮތުގައި މިއަދުގެ ވަގުތެއްގައި ތިނަދޫއަށް ކޮވިޑް ވެކްސިން ގެނެސް ރައްކާކުރެވޭނެ އެވެ. އަދި މާދަމާއިން ފަށައިގެން ވެކްސިން ދިނުމުގެ ހިދުމަތް އެހޮސްޕިޓަލްގައި ފެށިގެން ދާނެއެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް ކަމުގައިވާ ގއ އަތޮޅު ހޮސްޕިޓަލްގައި ވެސް މާދަން ވެކްސިން ދޭން ފެށުމަށް ވަނީ ހަމަޖެހިފައިއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލް ތަކެއްގައި މާދަމާ ވެކްސިން ދިނުމަށް ފެށޭނެއެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ހުރިހާ ސިއްހީ މަރުކަޒު ތަކެއްގައި ވެކްސިން ދިނުމަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ރާއްޖޭގައި ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށެވެ. 10 ދުވަސްތެރޭ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ހެލްތު ކެއާ ވޯކާސް އަދި ސޯޝަލް ކެއާ ވޯކާސް އަށް ވެކްސިން ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.