![ސުއަރޭޒްގެ ގޯލުތަކުން އެތްލެޓިކޯ މޮޅުވެއްޖެ](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F02%2Fxxxxx.jpg&w=3840&q=75)
xxxxx
ސުވަރޭޒްގެ މޮޅު ގޯލުތަކަކާއި އެކު އެތްލެޓިކޯއިން ކަޑިޒް މައްޗަށް ކުރިހޯދައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ރަށުންބޭރުގައި ރޭ އެތުލެޓިކޯ ކުޅުނު މެޗުގައި ސުއަރޭޒް އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ 28 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ޖެހި ގޯލަކުންނެވެ. އޭގެ ހަތް މިނިޓް ފަހުން ކަޑިޒް އަށް އެއްވަރުކޮށްދިނީ ކުރިން މެންޗެސްޓާ ސިޓީ އާއި ސެވިއްޔާ އަށް ކުޅުނު އަލްވާރޯ ނެގްރޭޑޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުލް ނިގޭޒް ވަނީ އެތުލެޓިކޯ އަށް އަލުން ލީޑުނަގައިދީފަ އެވެ.
ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ޕެނަލްޓީއެއް ކާމިޔާބުކޮށް ސުއަރޭޒް ވަނީ އެތުލެޓިކޯގެ ލީޑުފުޅާކޮށްދީފަ އެވެ. މި ގޯލާ އެކު މި ފަހަރު ބާސެލޯނާ ދޫކޮށް އެތުލެޓިކޯއާ ގުޅުނު ސުއަރޭޒް ވަނީ ލީގުގައި ކުޅުނު 16 މެޗުން 14 ގޯލު ހަމަކޮށް ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފަ އެވެ.
މެޗުގެ 71 ވަނަ މިނިޓްގައި ނެގްރެޑޯ ވަނީ ކަޑިޒަށް ދެ ވަނަ ގޯލެއް ޖަހައިދީ އެ ޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ. އެހެން ނަމަވެސް މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ކޯކޭ ވަނީ އެތުލެޓިކޯގެ ހަތަރު ވަނަ ގޯލު ޖަހައި އެ ޓީމަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
ލީގުގައި ޖެހިޖެހިގެން ހޯދި އަށް ވަނަ މޮޅާ އެކު އެއް ވަނައިގައި އެތުލެޓިކޯ އޮތީ 19 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ރޭ އެތުލެޓިކް ބިލްބާއޯ އަތުން 2-1 އިން މޮޅުވެ ބާސެލޯނާ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް ރެއާލާ އެއްވަރަށް ބާސެލޯނާ އަށް ވެސް ވަނީ 20 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.