
މަޑަވެލި ހޯޑެއްދޫ ކޯޒްވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
C8C00073-6CFB-4420-8FEC-AF15C2D2E39B
މަޑަވެލި ހޯޑެއްދޫ ކޯޒްވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މަޑަވެލީގައި ހުންނަ “ގާފު” އޮންލައިން ގެ “ރަޓު ރިޕޯރޓާރ” މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓް ހިގާފައި ވަނީ ކޯޒްވޭގެ މަޑަވެއްޔާ ވީ ފަޅީގައެވެ. އަދި އަނިޔާ ވެފައި ވަނީ ހޯނޑެއްދޫ ޒުވާން ފިރިހެނަކަށެވެ.
އަދި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެންކަމަށް “ރަޓު ރިޕޯރޓާރ” މައުލޫމާތު ދެއެވެ.
މިރޭ 10:40 ހާ އިރު ހިނގި މި އެކްސިޑެންޓުގައި 2 ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ. އަދި އެތަނުން އެއް ސައިކަލް ދުއްވަން އިން މީހާގެ ފަޔަށް ވަނީ ބޮޑެތި ޒަހަމަތަކެއްވެފައެވެ.
މިއެކްސިޑެންޓްގައި ޒަހަމްވި ޒުވާނާއަށް މަޑަވެލި ސިއްހީ މަރުކަޒުގައި މިހާރުދަނީ ފަރުވާދެމުންނެވެ.