logoEN
cocacola
ވެކްސިން ޖެހުން އަވަސް ކުރަން މެޑިކަލް އެސޯސިއޭޝަނުން އެދިެއްޖެ

ވެކްސިން ޖެހުން އަވަސް ކުރަން މެޑިކަލް އެސޯސިއޭޝަނުން އެދިެއްޖެ

Covid Vaccine

ރާއްޖެ ގެނެސްފައިވާ ކޮވިޑް19 ގެ ވެކްސިން، ކޮވިޝީލްޑް ޖެހުން އަވަސް ކުރުމަށް ރާއްޖޭގެ މެޑިކަލް އެސޯސިއޭޝަނުން އެދިއްޖެ އެވެ.

ގޮސިޔާ

އެ އެސޯސިއޭޝަނުން މިގޮތަށް ގޮވާލާފައި ވަނީ، އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން، ބޭނުން ކުރަން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނުމާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.

މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހުގެ 26 ގައި ދީފައިވާއިެު މި ވެކްސިން ފުރަތަމަ ދޭން ފަށާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާއި ފްރަންޓްލައިން މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށެވެ.

މެޑިކަލް އެސޯސިއޭޝަނުން ބުނީ، މިއީ އުފާވެރި ހަބަރެއް ކަމަށާއި، އެދެނީ ބަލީގެ ނުރައްކާ ބޮޑު މީހުންނަށާއި، ފްރޮންޓްލައިން ވޯކަރުންނަށް ވެކްސިން އަވަހަށް ދޭން ފަށަން ކަަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ