logoEN
ކޮކާކޯލާ
ތިނަދޫ މަސްގަންނަ ސެންޓަރުގެ ޕްލޭން ދައްކާލައިފި

ތިނަދޫ މަސްގަންނަ ސެންޓަރުގެ ޕްލޭން ދައްކާލައިފި

އަހުމަދު ޝުރާއު

logo

1/28/2021, 11:54:33 PM

DSC_0375

ގދ ތިނަދޫގައި މިފްކޯއިން ތަރައްގީކުރާ މަސްގަންނަ ސެންޓަރުގެ ޕްލޭން ދައްލާލައިފި އެވެ.

އަބުޅޯ

ތިނަދޫމަސްގަންނަ ސެންޓަރުގެ ޕްލޭން ދައްކާލާފައިވަނީ މިރޭ ގދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުނ

ޝަރަފަުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް ، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީ އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ތިނަދޫއާއި ހުވަދު އަތޮޅުގެ ގިނަ މަސްވެރިންތަކެއްވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

undefined

ތިނަދޫގައި ޤާއިމުކުރުމަށް ނިންމައިފައިވާ މި ސެންޓަރުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެއްގެ އިތުރުން ބަރައިން ފްރީޒިންގ ގެ ހިދުމަތާއި، ލެބޯޓަރީ އަދި ވެއާހައުސްގެ ހިދުމަތް ލިބޭނެ ކަމަށް މިފްކޯއިން މިރޭ ދައްކާލި ޕްލޭންގައި ވެއެވެ. މި ސެންޓަރު އެޅުމަށް ވާހަކަދެކެވިފައިވަނީ ތިނަދޫ އައިސްޕްލާންޓާއި އިންވެގެން އޮތް ބިމުގައި އެވެ.

މި ސެންޓަރާއި އެކު ތިނަދޫ އާއި ތިނަދޫ އާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ ގިނަ ފުރުސަތު ތަކެއް ހުޅުވޭނެ ކަމަށް ބެލެވެއެވެ. އެގޮތުން މި ސެންޓަރަށް މުވައްޒިފުން ނެގުމުގެ ގޮތުން ޚާއްސަ އޯޕަންޑޭ އެއް ބޭއްވުމަށްވެސް ވަނީ ޕްލޭންކުރެވިފައިއެވެ. ހަމަ އެއާއި އެކު މުވައްޒިފުން ނެގުމުގައި ދިވެހިންނަށް އަހައްމިއްޔަތުކަން ދިނުމަށް ވެސް ވަނީ ޕްލޭންކުރެވިފައިއެވެ.

މި ޕްރޮޖެކްޓަށް ހަރަދުވާނެކަމަށް ބެލެވިފައިވަނީ 66 މިލިއަން ދިވެހި ރުފިޔާއެވެ. މި ޕްރޮޖެކްޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ