![ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބެކްއަޕް ޖެނެރޭޓަރ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފެނަކައަށް](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2F142621552_4116529071699746_4301961001430500752_o.jpg&w=3840&q=75)
ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބެކްއަޕް ޖެނެރޭޓަރ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފެނަކައަށް
142621552_4116529071699746_4301961001430500752_o
އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮއްދިނުމުގެ މަސައްކަތުގެ ތެރެއިން ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބެކްއަޕް ޖެނެރޭޓަރ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން އިތުރު ދެ ރަށެއްގައި ބެކްއަޕް ޖެނެރޭޓަރ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮޮށްފައެވެ. މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކޮށްދެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް , އަހުމަދު ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި, ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގައިވެސް ބެކްއަޕް ޖެެނެރޭޓަރ ސިސްޓަމް ގާއިމް ކުރެވިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން އެހޮސްޕިޓަލްތަކަށް ކަރަންޓު ދިނުމަށް ބެކަޕް ޖެނެރޭޓަރ ތަކެއް ހޮސްޕިޓަލުގައި ޤާއިމުކުރެވިގެންދާނެއެވެ. އަދި މުޅި ރަށުން ކަރަންޓު ކެނޑުނު ކަމުގައިވީ ނަމަވެސް ހޮސްޕިޓަލަށް މި ޖެނެރޭޓަރ ތަށް މެދުވެރިކޮށް އެއްވެސް މެދުކެނޑުމެއްނެތި ކަރަންޓު ދެވިގެން ދާނެއެވެ.