logoEN
cocacola
އަނބިމީހާ ގެ ފަރާތުން ފެންނަން ބޭނުން ނުވާ ސިފަތައް!

އަނބިމީހާ ގެ ފަރާތުން ފެންނަން ބޭނުން ނުވާ ސިފަތައް!

ހުސެއިން

logo

1/28/2021, 3:08:57 PM

Upset couple at home. Handsome man and beautiful young woman are having quarrel. Sitting on sofa together. Family problems.

ލޯތްބަކީ ދެ މީހުން ގުޅުވައިދޭ ވަރުގަދަ ގުޅުމަކަށްވާއިރު ލޯތްބާއި ނުލާ ދެ މީހަކަށް ކާމިޔާބެއް ނުލިބޭނެއެވެ. އަދި ދިރިއުޅުމެއް ވެސް ނުލިބޭނެއެވެ. ދެ މީހުންގެ ދެމެދުގައި އުފެދިފައި އޮންނަ ގުޅުމަށް ލޯތްބޭ ކިޔަނީ އެ ލޯބީގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށެވެ.

ގޮސިޔާ

ނަމަވެސް ބައެއް ފަހަރު ބައެއް މީހުންގެ މެދުގައި އުފެދިފައިވާ ލޯބީގެ ސިފަތަކަކީ ބާރުގަދަކޮށް ދެ މީހުން ގާތްކޮށްދޭ ސިފަތަކަށްވާއިރު އަނެއްބައި ސިފަތަކަކީ އެކަކު އަނެކަކު ދުރުކޮށް ފޫހިކުރުވާ ސިފަތަކެވެ.

މިސާލަކަށް މާބޮޑަށް ކަންނެތްވެ ގޭތެރޭގެ މަސައްކަތްތަކާއި ފިރިމީހާގެ މަސައްކަތަށް ފަރުވާކުޑަކުރާނަމަ ނުވަތަ ދަރިންގެ ކަންތަކުގައި ފަރުވާ ކުޑަކޮށް އަޅާނުލާނަމަ ފިރިން ވަރަށް އަވަހަށް ފޫހިވެދާނެއެވެ.

އަދި ފިރިމީހާ މަސައްކަތުގައި އުޅެފައި ގެއަށް އަންނަ ވަގުތު ޝަކުވާ ކުރުމަކީ ފިރިމީހާ ގެއަށް ވަނުމަށް ފޫހި ކޮށްދޭނެ ކަމެކެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ގެއިން މިނިވަން ކަމާއި ހިތްހަމަ ޖެހުން ލިބެން ބޭނުންވާނެއެވެ.

އަދި ހަރާކާތްތެރިކަން ކުޑަކޮށް މަސައްކަތް ނުކޮށް އަބަދު އޮށޯވެ އޮތުމަކީ ވެސް ފިރިން ވަރަށް އަވަހަށް ފޫހިވެ ލޯބި ދުރުވެދާނެ ކަމެކެވެ. ހަމައެއާއެކު ސާފުތާހިރު ކަމަކީ ކޮންމެ މީހަކަށް ވެސް މުހިންމު ކަމަކަށްވާއިރު ފިރިން އަބަދު ވެސް އެ މީހުންގެ އަނބިން ގައިން މީރު ވަސް ދުވަން ބޭނުންވާނެއެވެ.

ގިނަ އަންހެނުންނަށް ބައެއް ފަހަރު ވާގޮތަކީ ގޭތެރޭގައި އުޅޭ ވަގުތުތަކުގައި ސާފުތާހިރު ކަމަށް ފަރުވާ ކުޑަކޮށްލެވެނީ އެވެ. ރީތި ވަނީ ހަމައެކަނި ބޭރަށްދާން ވީމަ އެކަންޏެވެ. ނަމަވެސް އަނބިން އެންމެ ޒީނަތްތެރިވެ ވަސްމީރު ކޮށްގެން ފަރިދެއްކެންވީ ފިރިން ކައިރީގައެވެ. އެއީ ލޯބި އިތުރުވާނެ ކަމެކެވެ.

އެހެންކަމުން މިދެންނެވި ކަންކަން ރަގަޅުކޮށްލުމަކީ ދެ މީހުންގެ ދެމެދުގައި އުފެދިފައި އޮންނަ ލޯބީގެ ގުޅުން އިތުރަށް ވަރުގަދަވެ ދެ މީހުންގެ ދިރިއުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ މުހިންމު ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ