![ލޯކަލް ކައުންސިލްގެ އިންތިހާބު އޭޕްރިލް 10 ގައި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2F231529_3_fce98b32e6087eaf4454d98298a6330c592bbc0b.jpg&w=3840&q=75)
EC Shareef
ލޯކަލް ކައުންސިލްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އޭޕްރިލް 10 ގައި ބާއްވާނެކަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އިލެކްޝަން ކޮމިޝަންގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިންތިހާބުގެ މަސައްކަތް ރަސްމީކޮށް ފަށާނެކަމަށެވެ. އަދި މެއި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުމުގެ ބާރު އިލެކްޝަނަށް ގެއްލޭނެ ކަމަށްވުމާއި އެކު ރަމަޟާން މަހުގެ ކުރިން އިންތިހާބު ބޭއްވުމަށް އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ލަފާދޭ ކޮމެޓީއިން ނިންމާފައިވާކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އެއާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިހާބު ބޭއްވާނަމަ އަމަލުކުރަންޖެހޭނެ ގޮތުގެ ގައިޑްލައިން ޑްރާފްޓްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްކްޝަންސް ކޮމިޝަނާ ހިއްސާކޮށްފަ އެވެ.