![ލިވަޕޫލްއިން އެމްބާޕޭއަށް ފާރަލަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2FKylian-Mbappe1.jpg&w=3840&q=75)
Kylian-Mbappe1
ފްރާންސްގެ ޒުވާން ފޯވާޑް އަދި ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ ހޯދުމުގެ މަސަޢްކަތް ލިވަޕޫލުން ކުރަމުން އަންނަ ކަމަށް އިނގިރޭސި ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އެމްބާޕޭ ހޯދުމަށް ލިވަޕޫލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރުގެ ރިޕޯޓްތަށް ބުނާގޮތުންނަމަ ލިވަޕޫލުން އަންނަނީ އެމްބާޕޭ ގެނައުމަށްޓަކައި ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
ލިވަޕޫލުން އެމްބާޕޭއަށް ފާރަލަމުން އަންނައިރު ޔޫރަޕުގެ ގަދަ ބާރުތަކުންވެސް އަންނަނީ އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕޭނުގެ ރެއާލް މެޑްރިޑް،ބާސެލޯނާގެ އިތުރުން އިނގިރޭސި ކްލަބް މެންޗެސްޓާރ ޔުނައިޓެޑް ވެސް ހިމެނެއެވެ.
2017 ވަނަ އަހަރު ޕީއެސްޖީ އަށް އެމްބާޕޭ ބަދަލުވީ އެއިރުގެ ދެވަނަޔަށް އެންމެ ބޮޑު ޓްރާންސްފާ ފީ ގައި އެވެ. އުމުރުން އެންމެ ނަވާރަ އަހަރުގައި އެމްބާޕޭ ވަނީ ލީގު 1 ގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދާފައެވެ. ހަމައެއާއެކު އެމްބާޕޭ ވަނީ އުމުރުން އަށާރަ އަހަރުގައި ފްރާންސްގެ ސީނިޔާ ޓީމުން ޖާގަ ހޯދައި ކުޅުނު 39 މެޗުން 16 ގޯލު ގައުމީ ޓީމަށް ވަނީ ކާމިޔާބުކޮށްދީފައެވެ.