logoEN
PNC TOP 3
ދެއްވަދޫ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 83 އަށް

ދެއްވަދޫ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 83 އަށް

އަޙްމަދު ޖަމީލު

logo

1/25/2021, 8:31:27 AM

Dhehvvadhoo

ދެއްވަދޫ ކްލަސްޓާގައި އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 83 އަށް އަރައިފި އެވެ.

PNC MID 2

އެޗްއީއޯސީން ބުނީ އެ ކްލަސްޓާއާ ގުޅުންހުރި 83 މީހުންގެ ތެރެއިން 73 މީހުން ޕޮޒިޓިވްވީ ދެއްވަދޫއިން ކަމަށެވެ. އެ ކްލަސްޓާއާ ގުޅުންހުރި ހަތް މީހަކު ދާންދޫން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލ. ފޮނަދޫއިން ހަތަރު މީހުން، ހުޅުމާލެ އިން ދެ މީހުން އަދި ގއ. ވިލިގިލިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އެ ކްލަސްޓާއިން ދެ މީހަކު ޕޮޒިޓިވްވީ އިއްޔެ އެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ހޯމްކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC