![11 ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ފުވައްމުލަކުގެ ޔުނިޓްގެ ބެލުމެ ދަށަށް ބަދަލުކޮށްފި!](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2F4-8.jpg&w=3840&q=75)
11 ކުއްޖަކު ޖެންޑާ މިނިސްޓްރީގެ ފުވައްމުލަކުގެ ޔުނިޓްގެ ބެލުމެ ދަށަށް ބަދަލުކޮށްފި!
4
ޖެންޑާ މިނިސްޓްރީގެ ފަރާތުން ޏ. ފުވައްމުލަކު ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ތަރައްޤީކުރެވުނު، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބެލެހެއްޓުމުގެ ފެސިލިޓީ، "އަމާން ވެށި" 24 ޖެނުއަރީ 2021 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. "އަމާން ވެށި" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޖެންޑާ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އަމާން ވެށި ހުޅުވުމުގެ ރަސްމިއްޔާތުގައި، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 11 ކުއްޖަކު ޏ.ފުވައްމުލަކު "އަމާން ވެށި"އަށް ވަނީ ބަދަލުކޮށްފައެވެ.
މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އަދި ޖެންޑާ މިނިސްޓްރީގެ ފަރާތުން، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ޏ.ފުވައްމުލައް އެފް.ސީ.އެސް.ސީ ގެ މުވައްޒަފުންނަށް ޚާއްސަ ޕްރޮގްރާމެއްވެސް ވަނީ ކުރިޔަށް ގެންދެވިފައެވެ.