![ރޮކީ ބާއި ވެސް ރާއްޖޭގައި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2FScreenshot-2021-01-22-at-03.56.56.png&w=3840&q=75)
Screenshot 2021-01-22 at 03.56.56
އިންޑިއާގެ މަޝްހޫރު ތަރި ނަވީން ކުމާރް ، މަޝްހޫރު ނަމުން ނަމަ ޔަޝް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ޔަޝް އާ އޭނާގެ އަނބިމީހާ އަދި ދެކުދިން ރާއްޖެ އައީ އާދިއްތަ ދުވަހުއެވެ. ޔަޝް އާއި ޔަޝްގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލޭންޑް ރިސޯޓުގައިއެވެ. ޔަޝްވަނީ ރާއްޖެ އައިސް ނަގާފައިވާ ބައެއް ފޮޓޯތައް އޭނާގެ ސޯޝަލް މީޑީއާ ޕްލެޓްފޯމުގައި ހިއްސާކޮށްފައެވެ.
އެކްޓަރު ޔަޝް މަޝްހޫރު ވެފައިވަނީ މަޝްހޫރު ފިލްމު ކޭޖީއެފް އިންނެވެ. މި ފިލްމުން އޭނާ މަޝްހޫރު ވެފައިވަނީ ރޮކީ ބާއީގެ ނަމުންނެވެ. އަދި މި ފިލްމަކީ ރާއްޖޭގައިވެސް ވަރަށް މަޝްހޫރު ފިލްމެކެވެ.
ކޭޖީއެފްގެ ޗެޕްޓާ 2 ގެ ޓީޒާ ވަނީ މިހާރު ދައްކާލާފައެވެ. އެ ފިލްމަކީ މިއަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ޔަޝްގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ ސަންޖޭ ދަތު، ރަވީނާ ޓެންޑޮން އަދި ސްރީނިދީ ޝެޓީއެވެ.