![މަހަށްފުރި 81 އަހަރުގެ މީހެއް ގެއްލިގެން ހޯދަން ފަށައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2Fbig_lxyskxr89rpmAMjQhZpyICY7P.jpg&w=3840&q=75)
big_lxyskxr89rpmAMjQhZpyICY7P
އެކަނި މަހަށްފުރި 81 އަހަރުގެ މީހެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި ޚަބަރެއް ނުވެގެން ހޯދަމުން ދަނީ ކ.މާފުށީ، ޝޭޑީ ގްލޯވަރ، އަޙްމަދު އާދަމް މަނިކުއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އެ މީހާ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:08 ހާއިރު ކަމަށެވެ.
އެކަނިމާއެކަނި މިއަދު ފަތިހު 5:30ހާއިރު ކ.މާފުށިން މަހަށް ފުރި ފަހުން އޭނާގެ ޚަބަރެއް ނުވެއެވެ.
އޭނާ ދަތުރު ކުރީ ރިޔާނެގި ދޯންނެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މި މީހާ އާއި އަދި ދޯނީގެ އެއްވެސް ޚަބަރެއް އެއްވެސް ފަރާތަކަށް ވެއްހެ ނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓް ގާރޑް އަށް ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.