logoEN
ޕީއެންސީ 2
ދުނިޔޭގެ އެންމެ ނުރައްކާތެރި ވަޒީފާތަކަކީ ކޮބާ؟

ދުނިޔޭގެ އެންމެ ނުރައްކާތެރި ވަޒީފާތަކަކީ ކޮބާ؟

12

ވަޒީފާގެ ދާއިރާއިން ތަފާތު އާ ތަޖުރިބާ ހާޞިލްކުރަން ބޭނުންވާ ފަރާތްތަކާއި، ދިރިއުޅުމުގައި ޗެލެންޖު ނުވަތަ އެހެން މީހުންނަށް ނުކުރެވޭ ތަފާތު ކަންކަން ކުރަން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ލިސްޓުގައި ހިމެނިފައިވާ ތަފާތު ވަޒީފާތައް ވަރަށް ކަމުދާނެ ކަމުގައި ބެލެއެވެ. ނަމަވެސް މިފަދަ ވަޒީފާއެއް އިޚްތިޔާރު ކުރުމަށް ވަރަށް ބޮޑަށް ވިސްނާލަން ޖެހެއެވެ. މިލިޔުމުގައި ގެނެސްދެވިފައިވާ ވަޒީފާތަކަކީ، އާ ތަޖުރިބާ އަށް ފުރުޞަތު ހުޅުވައިދޭ، ޝައުޤުވެރި ކަންތައްތައް އެކުލެވޭ، ރަނގަޅު މުސާރައެއް ލިބޭ ނަމަވެސް ނުރައްކާތެރި ވަޒީފާތަކެވެ.

ޝަރީ 2024

ހަރުފަ ވިހަ ނެގުން

undefined

ހަރުފަ ވިހަ ނަގާ މީހުންގެ މަސައްކަތް ބިނާވެފައި އޮންނަނީ ހަރުފައިގެ އަނގަ ހުޅުވައި، ދަތް ޚާއްސަ ޕްލާސްޓީކް އެއްޗަކަށް ވައްދައި، އޭގެ ވިހަ ނެގުމަށެވެ. ހަރުފަ ވިހައަކީ އިންސާނުންނާއި ޖަނަވާރުތަކަށް ނުރައްކާތެރި އެއްޗަކަށް ވެފައި ވާއިރު، ސިއްޙީ ދިރާސާތަކުގައި ހަރުފަ ވިހައާއި ދެކޮޅަށް އިންޖެކްޝަން، ވެކްސިން ފަދަ ތަކެތި އީޖާދު ކުރުމަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ އެއްޗެކެވެ.

ހަރުފަ ވިހަ ނެގުމުގައި ރައްކާތެރި ފަޔަވަޅުތަކެއް އަޅައިގެން ވިހަ ނެގުމުގެ ކަންތައް ކުރިޔަށް ގެންދެވުނު ނަމަވެސް، މިއީ ނުރައްކާތެރި ވަޒީފާއެކެވެ. މިގޮތުން ހަރުފަ ވިހަ ނެގުމުގެ މަސައްކަތުގައި އުޅޭމީހުންގެ ތެރެއިން ވަރަށް މަދު މީހަކަށް ނޫނީ، ހަރުފަ ވިހަލުން ތަޖުރިބާ ކުރަން ނުޖެހޭ މީހަކު ނުވެއެވެ. ހަރުފައިގެ ވިހަ އަކީ ނުރައްކާތެރި އަދި މަދު ވަގުތު ކޮޅެއްގައި ސިއްހީ ފަރުވާ ނުދެވިއްޖެ ނަމަ، އިންސާނާގެ ފުރާނަޔަށްވެސް ނުރައްކާވެގެން ހިގައިދެއެވެ. މިވަޒީފާގެ މުސާރަޔަކަށް އެވްރެޖްކޮށް މަހަކު 2500 ޑޮލަރު ލިބެއެވެ.

އިމާރަތްކުރުމުގެ ދާއިރާގެ މަސައްކަތް

undefined

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުވެސް، އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތުގައި އުޅޭ މީހުންނަކީ ވަޒީފާގައި ކޮންމެ ދުވަހަކު ނުރައްކަލާއި ކުރިމަތިލާންޖެހޭ ބައެކެވެ. ގެންގުޅުމުގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ތަފާތު ކަރަންޓް ސާމާނު ބޭނުން ކުރަންޖެހުމުގެ އިތުރުން، އުސްތަންތަނުގައި މަސައްކަތް ކުރަންޖެހެއެވެ. ކޮންކްރީޓް ބެރިތަކާއި، އިމާރާތުގެ ބައިތަށް ވެއްޓިގެން ތަފާތު ބޮޑެތި އަނިޔާތަކާއި ކުރިމަތިލައި، މިދާއިރާގައި މަސައްކަތްކުރާ ގިނަ މަސައްކަތްތެރިންގެ ފުރާނަވެސް ނެތިގެން ދިޔުމުގެ ހިތާމަވެރި ހާދިސާތަށްވެސް ހިގައި ގޮސްފައިވެއެވެ. އިމާރާތްކުރުމުގެ ދާއިރާގެ ވަޒީފާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަހެއްގެ މައްޗަށް 2500 ޑޮލަރާއި 5200 ޑޮލަރު އެވްރެޖްކޮށް ލިބެއެވެ.

ޑެލިވަރީ ކުރާ ފަރާތްތަށް

undefined

ޑެލިވަރީ ކުރުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވަރަށް ޒިންމާދާރު އަދި އެހާމެ ނުރައްކާ ބޮޑު ވަޒީފާއެކެވެ. މިސާލެއްގެ ގޮތުން ޕިއްޒާއެއް ޑެލިވަރީކުރުމަށް ހިފައިގެންދާ ފަރާތް، ކަސްޓަމަރުގެ ގޮތުން، ވަރަށް ބޮޑު ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން ކުރިމަތިލާންޖެހެއެވެ. ތަފާތު މޫޑުގެ ތަފާތު ވައްތަރުގެ މީހުންނާއި އެކަނި ކުރިމަތިލާން ޖެހުމުގެ ސަބަބުން ޑެލިވަރީ ކުރާފަރާތް ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިގެން ދެއެވެ. ޑެލިވަރީކުރާ ފަރާތްތަށް ހުއްޓުވައި، ފޭރުން ފަދަ އަމަލުތައް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިގާފައި އެބަހުއްޓެވެ. އަދި ފައިސާގެ ދަހިވެތިކަމުގައި މިފަދަ ފަރާތްތަށް މަރާލުން ފަދަ އަމަލުވެސް ހިންގާފައި އެބަހުއްޓެވެ. ޑެލިވަރީ ކުރާ ފަރާތްތަކަށް އެވްރެޖްކޮށް ދުނިޔޭގެ ގިނަ ޤައުމުތަކުގައި 2200 އާއި 2900 ޑޮލަރާއި ދެމެދުގެ މުސާރައެއް މަހެއްގެ މައްޗަށް ލިބެއެވެ.

ބުލް ދުއްވާ ފަރާތްތައް

undefined

މިވަޒީފާ 90ގެ އަހަރުތަކުން 8 ސިކުންތައް ބުލް ކޮންޓްރޯލްކޮށް ދުއްވުމުން ބޮޑެތި ފައިސާގެ އިނާމު ހުށަހެޅި، އަދި ގިނަ ބަޔަކު ބެޓްކޮށްގެން ކުޅިވަރެއްގެ ގޮތުގައި ކުރިޔަށްގެންދާ މަޝްހޫރު ކުޅިވަރަކަށް މިކަން ވެފައި ވެއެވެ. ބާރުގަދަ ޖަނަވާރެއްގެ ބުރަކަށިމައްޗަށް ސަވާރުވެ ޖަނަވާރު ކޮންޓްރޯލް ކުރުމަކީ އެހާމެ އުދަނގޫ އަދި ފުރާނަ އަތްމައްޗަށް ލައިގެން ނުކުތުން ފަދަ ކަމެކެވެ. ބުލް ގެންނަ އެންމެ ހަރަކާތަކުން ފުރާނަ މި ދުނިޔެއާއި ވަކިވުމަކީ ކައިރި ކަމެކެވެ. ލިބޭ މުސާރަޔާއި އަޅާކިޔާއިރު ނުރައްކާ ބޮޑުމެއެވެ. ބުލް ދުއްވާ ފަރާތްތަކަށް އެވްރެޖްކޮށް ކޮންމެ 15 ދުއްވުމެއްގެ ތެރޭގައި އެއްފަހަރު، ހަށިގަނޑުގެ ގުނަވަންތައް ބިންދައިގެން ދިޔުމުގެ ތަފާތު ބޮޑެތި އަނިޔާތަކާއި ކުރިމަތިލާން ޖެހެއެވެ. މިވަޒީފާގެ މުސާރަޔަކަށް ދުނިޔޭގެ ޤައުމުތަކުން އެވްރެޖްކޮށް މަހެއްގެ މައްޗަށް 9000 ޑޮލަރު ލިބެއެވެ.

ފަރުބަދަތަކުގެ މަތީގައި ހިނގަން މަގުދައްކައިދިނުން

undefined

އުސް ފަރުބަދަތަކަށް އަރައި ދަތުރު ކުރުމަކީ ގިނަ ބަޔެއް ބޭނުންވާނެ ކަމެކެވެ. މި ވަޒީފާގެ ހަމައެކަނި ކުރަންޖެހޭ މަސައްކަތަކީ މަގުދެއްކުމެއް ނޫނެވެ. ހިނގަން އުދަނގޫ މަގުތަކުގައި ބަރު ސާމާނުތައް އުފުލަން ޖެހުމުގެ އިތުރުން އެހެން މީހުން ރައްކަތެރިކަމާއެކު، ދާން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަކީ މަގުދައްކާ މީހާގެ ޒިންމާއެކެވެ. ފަރުބަދަ މަތީގައި ހިނގަން މަގުދައްކާ މީހަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 5800 ޑޮލަރު ލިބޭއިރު މިއީ ޒިންމާ ބޮޑު ވަޒީފާއެކެވެ.

މައިކްރޯ ޗިޕް އުފެއްދުން

undefined

އަހަރަމެން ލެޕްޓޮޕް ފޯނު ފަދަ ޓެކްނޮލޮޖީގެ އާލަތްތަކުގެ ލުއި ފަސޭހަކަން ހޯދާއިރު، އެފަދަ ތަކެތި އުފެއްދުމަށް މީހުން ވެފައިވާ ޤުރުބާނީއެއް ނުވަތަ ނަގާފައިވާ ނުރައްކާ އަންދާޒާ ނުކުރެވެއެވެ. މައިކްރޯ ޗިޕް އުފެއްދުމަށް ގިނަ އަދަދެއްގެ ސިއްހަތަށް ގެއްލުން ދެނިވި ނުރައްކާތެރި ކެމިކަލް ބޭނުން ކުރެވެއެވެ. މިފަދަ ކެމިކަލްތަކަށް އުފައްދަ ފަރާތް ހުށަހެޅިގެން ދިޔުމުން އޭގެ އަސަރު ވަގުތުން ފޯރައި ގެއްލުމެއް ނުދައްކައެވެ. މައިކްރޯޗިޕް އުފެއްދުމަށް ބޭނުންކުރެވޭ ކެމިކަލްތަކުން އުފައްދާ ފަރާތަށް ދިގު މުއްދަތެއްގައި ލިބިގެންދާ ގެއްލުމުގެ ތެރޭގައި، ލިބޭ ކުދިންގެ އައިބު ހުރުން، ނޭވާލުމުގެ ތަފާތު މައްސަލައިގެ އިތުރުން ކެންސަރު ޖެހުން ހިމެނެއެވެ. މައިކްރޯ ޗިޕް އުފައްދާ ފަރާތުގެ މުސާރަޔަކަށް އެވްރެޖްކޮށް 5100 ޑޮލަރު ލިބޭއިރު މިއީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ.

ހަނގުރާމަމަތީ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިން

undefined

ތެދު މަޢުލޫމާތު މީހުންނާއި ހަމަޔަށް ފޯރުކޮށްދިނުމަކީ ޑޮކްޓަރަކަށް ވުމާއި އެއްވަރު ކަމެކެވެ. ނަމަވެސް މިއީ ވަރަށްބޮޑު ނުރައްކަލަށް މީހާ ހުށަހެޅިގެން ހިގައިދާނެ ކަމެކެވެ. މިގޮތުން ނުރައްކަލުގެ ލިސްޓް ފެށިގެން އަންނަނީ، ކިޑްނެޕް ކުރުން، އަނިޔާކުރުން އަދި ނިމެނީ މަރާއި ހަމައިންނެވެ. ހިނގަމުންދާ ހަނގުރާމައެއްގެ މެދުތެރޭގައި، ޚަބަރު ހޯދުމަށް މަސައްކަތް ކުރާމީހުން، ނޫސްވެރިންގެ ގޮތުގައި އެއްވެސް ފަރާތެއް ނުދެކެއެވެ. ހަނގުރާމަ ކުރާ ދެފަރާތުންވެސް ދުށުމަނުންގެ ގޮތުގައި މިފަދަ ނޫސްވެރިން ދެކެއެވެ. ހަނގުރާމައިގެ ޚަބަރު ހޯދާ ނޫސްވެރިންނަށް އެވްރެޖްކޮށް މަހަކު 3000 ޑޮލަރު ލިބެއެވެ.

ކަނޑުން ސާފުނުކުރާ ތެޔޮނަގާ ސްޓޭޝަންތަކުގައި މަސައްކަތް ކުރުން

undefined

ތެޔޮ ނަގާ ސައިޓެއްގައި މަސައްކަތް ކުރުމަކީ ދުނިޔޭގައިވާ އެންމެ ހުޅުހިފައި ގޮވައިގެން ދިޔުމުގެ ފުރުޞަތު ބޮޑު ތަނުގައި މަސައްކަތް ކުރުމެވެ. މިގޮތުން ކަނޑުން ސާފުނުކުރާ ތެޔޮނަގާ ސްޓޭޝަންތަކުގައި މަސައްކަތް ކުރުމަކީ ބުރަކަމެކެވެ. ގިނަފަހަރު މިފަދަ ސްޓޭޝަންތަކުގައި 16 ގަޑިއިރު މަސައްކަތް ކުރަންޖެހޭއިރު ނިދަން ލިބެނީ އެންމެ 2 ގަޑި އިރުގެ ވަގުތު ކޮޅެކެވެ. އަލިފާން، ތެލުގައި ހުޅުހިފައި ގޮވުން، ކަނޑުފެތުން، އަދި ހަށިގަނޑުގެ ބައެއް ގުނަވަން ތެޔޮ ނަގާ މެޝިނަރީތަކުގެ ތެރެއަށް ދަމައިގަތުން، ފަދަ ކަންކަމަކީ މިފަދަ ސައިޓްރަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކުރިމަތިވެ ފުރާނަ ގޮސްފައިވާ ނުރައްކާތަކެވެ. ތެޔު ނަގާ ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފަކަށް 5800 އާއި 11600 ޑޮލަރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބެއެވެ.

ކިނބޫ ރެސްލިންގ

undefined

ކިނބޫ ރެސްލިންގ އާޓް މީހާ ކިނބުލުގެ އަނގައިގެ ތެރެއަށް ގެންދެއެވެ. ކިނބޫ ރެސްލިންގ ކުރިޔަށް ގެންދާމީހުން، ހަށިގަނޑުގެ ގުނަވަންތަކައި، މީހާގެ ހަށިގަނޑު ކިނބުލުގެ އަނގައިގެ ތެރެއަށް ވައްދައި، ކިނބުލުގެ ނިގުލާއި ކުޅެ ތަފާތު ޒާތްޒާތުގެ ކަންތައްތައް، މީހުންނަށް ދެއްކުމަށް ކުރެއެވެ. މިފަދަ އެކްޓެއް ދައްކާއިރު، ކިނބުލަކީ ދިރި އޮންނަ ޖަނަވާރަކަށް ވުމުން، އޭތި ގެންނަ ހަރަކާތަކުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މީހާގެ ފުރާނަ މިދުނިޔެއާއި ވަކިވެގެން ހިގައިދާނެއެވެ. މީހުންގެ ސަމާލުކަން ހޯދަން މިފަދަ އެކްޓްތަށް ގެންގޮސްގެން ނުވާނެފަދަ ނުރައްކާތެރި ހަރަކާތްތައް ހިންގަން ހަދައިގެން މީހުންގެ ފުރާނަ ގޮސްފައި އެބަހުއްޓެވެ. ކިނބޫ ރެސްލިންގ ކުރިޔަށް ގެންދާ މީހަކު މަހެއްގެ މައްޗަށް ލިބޭ އާމްދަނީ ބެލިފައި ނުވިނަމަވެސް، ރެސްލިންގައި ހޭދަކުރާ ކޮންމެ ގަޑިޔަކަށް 8 ޑޮލަރު ލިބޭކަމުގައި ވެއެވެ.

ޖަންގަލިތަކުން ލަކުނޑި ހޯދަން ގަސްކެނޑުން

undefined

ލަކުނޑީގެ ބޭނުމަގައި ބޮޑެތި ޖަންގަލިތަކުން ހެދިފައިވާ ޒަމާންވީ ބޮޑެތިގަސް ކެނޑުމަކީ އެހެން ހުރިހާ ވަޒީފާތަކާއި ޚިލާފަށް 20 ގުނަޔަށް ނުރައްކާ ބޮޑު ވަޒީފާއެކެވެ. މި ވަޒީފާގައި ބޮޑެތި މެޝިނަރީތަށް ކޮންމެ ދުވަހެއްގައި ބޭނުންކުރަން ޖެހެއެވެ. ނަތީއްޖާއެއްގެ ގޮތުން ބައެއް މެޝިނަރީއަށް ދިމާވާ ގެއްލުމުގެ ސަބަބުން ނުވަތަ ގަސް ކެނޑުމުގައި ދިމާވާ ކަމަކުން ގަސްދަށުވެ، އެތަށް މީހެއްގެ ފުރާނަ ގޮސްފައި ވެއެވެ. ގަސްކެނޑުމުގެ މަސައްކަތް ކުރާމީހަކަށް މަހެއްގެ މައްޗަށް 3000 އާއި 3400 ދެމެދަށް ޑޮލަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ލިބެއެވެ.

މަސްވެރިކަން

undefined

މަސްވެރިކަމަކީ އެއްގޮތަކަށްވެސް ގިނަ މީހުން ހީކުރާހާ ފަސޭހަ އަދި ރައްކާތެރި ކަމެއް ނޫނެވެ. ކަނޑުތަކުގައި، ބިޔަ ރާޅުގެ ތެރޭގައި، ވެހޭ ވާރޭގައި، ދޭހާ އަތްވެއްގައި ހަށިގަނޑަށް ނުހަނު ބާރުއަޅައިގެން ކުރާ މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ހިމެނެއެވެ. މޫސުން ގޮސްވެ، އޮޑިދޯނިފަހަރުގެ އިންޖީނު ހަލާކުވެ، ދޯނި ބިންދައިގެންގޮސް ކަނޑުވުން ފަދަ ތަފާތު އެތަށް ނުރައްކަލާއި މަސްވެރިން ކުރިމަތި ލައެވެ. މި ކުޑަ ދިވެހިރާއްޖެއަށް ބެލިކަމުގައި ވިޔަސް، ލޮލަށް ބުޅިހެރިގެން، މިޔަރެއް ދަތްއަޅައިގެން، ގަޔަށް ތޮޅި ފަދަ ތަކެތީގެ ތުންގަނޑު ހެރިގެން، ވިހަ މަހެއް ކަށިގެން ހަރައިގެން ތަފާތު ނުރައްކާތެރި ހާލަތު މަސްވެރިން ކުރިމަތިލާންޖެހެއެވެ. މަސްވެރިކަމަށް އެންދަމަން ޑައިވިންގ ކޮށްގެންވެސް ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައިވެސް މަރުވެފައި އެބަހުއްޓެވެ. މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ބަލާއިރު، އެންމެ ގިނަ މީހުން އެއް ބާވަތެއްގެ މަސައްކަތަކުން މަރުވެފައިވަނީ ހަމައެކަނި މަސްވެރިކަމުންނެވެ. މިއިންވެސް މިމަސައްކަތުގެ ނުރައްކާތެރިކަން އަދި މަސްވެރިން އުފުލަންޖެހޭ ބުރަ އިހްސާސް ވެގެންދެއެވެ. މަސްވެރިކަން ކުރާ ދިވެހި މަސްވެރިން އެކުރަނީ ޤައުމީ މަސައްކަތެކެވެ. މަސްވެރިކަމުގެ މަސައްކަތް ކުރާމީހަކަށް ގިނަ ޤައުމުތަކުގައި މަހެއްގެ މައްޗަށް 2500 ޑޮލަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ