![ކައުންސިލް އިންތިޚާބާ ގުޅޭ ގައިޑްލައިން އީސީއަށް ފޮނުވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2F231529_3_fce98b32e6087eaf4454d98298a6330c592bbc0b.jpg&w=3840&q=75)
EC Shareef
އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި އަމަލު ކުރަންޖެހޭ ގައިޑްލައިންތައް އެކުލަވާލުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލެކްޝަން ކޮމިޝަނަށް ފޮނުވައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނެއް ވުޖޫދުކޮށް އިންތިހާބު ފަސްކުރީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އިންތިިހާބަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރަންޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ.
ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި އޮތުމުގެ ސަބަބުން އިންތިޚާބު ބޭއްވުމަށް ހުރަސްތަކެއް އޮތީ ކުރިމަތި ވެފައެވެ. ގާނޫނުގައި އޮތް އެ ހުރަސް ހައްލުކުރުމަށް 'ލޯކަލް ކައުންސިލްތަކުގެ ޚާއްޞަ ޤާނޫނު 2020" އަށް ސަރުކާރުން އިސްލާހު ހުށަހެޅުމަށްފަހު މިހާރު އެ އިސްލާހުވަނީ ރައްޔިތުންގެ މަޖިލީހުންވެސް ފާސްކޮށްފައެވެ. މި އިސްލާހާއެކު އާންމު ސިއްހަތުގެ ކުއްލި ހާލަތު އުވާނުލިނަމަވެސް އިންތިހާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބިގެންވެއެވެ.
އެ އިސްލާހުގެ ދަށުން އިންތިހާބު ކުރިއަށް ގެންދެވޭނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިން ތަކެއްގެ މަތިންކަމަށް ބުނެފައިވއެވެ. އަދި، މި ގައިޑްލައިންތައް، އިންތިހާބާއި ގުޅޭ ކަންކަން އީސީއިން ނިންމާތާ 7 ދުވަހުގެ ތެރޭގައި އާންމުކުރުމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ. މިހާރު އިންތިހާބު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ.