![އިންޑިއާގެ ވެކްސިން ފުރަތަމަ ރާއްޖެއަށް، މާދަމާ ލިބޭނެ!](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2F2E28AF20-B624-428F-9961-D79EC571D37D.jpeg&w=3840&q=75)
Covid Vaccine
އިންޑިއާއިން އީޖާދުކޮށްފައިވާ ކޮވިޑް19 ވެކްސިން ފޮނުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ކަނޑައަޅައި، މާދަމާ އެ ވެކްސިން ގެންނަން ނިންމައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އިންޑިއާގެ ނޫހެއް ކަމަށްވާ “ވިއޮން” ގައި ބުނެފައިވާ ގޮތުގައި ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ އޮކްސްފޯރޑް - އެސްޓްރެޒެނެކާގެ ކޮވިޑް ޝީލްޑް ވެކްސިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ގައުމީ އެއާލައިން، އެއަރ އިންޑިއާއިންނެވެ. އެ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 14:00 ގައެވެ.
ވެކްސިންއާ ގުޅުންހުރި ހުރިހާ އެޕްރޫވަލްތަކެއް ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުން މިހާރު ދީފައިވާކަމަށްވެސް "ވިއޮން" ނޫހުން ރިޕޯޓް ކޮށްފައިވެއެވެ. މިކަން އަދި ދިވެހިރާއްޖޭގެ އެއްވެސް ކަމާބެހޭ އިދާރާއަކުން ޔަގީންކޮށްދީފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.