![އެކުވެނި ސިންތަޓިކް ޓްރެކް ހުޅުވައިފި!](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2Ff-3.jpg&w=3840&q=75)
f
މާލެ ކުޅިވަރު އެކުވެނީގައި ތަރއްޤީކުރެވުނު ސިންތަޓިކް ޓްރެކް ކުލަގަދަ ރަސްމިއްޔާތަކަށްފަހު ހުޅުވައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އެކުވެނި ޓްރެކް ހުޅުވަމަށް ބޭއްވި ޚާއްސަ ރަސްމިއްއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.
އެކުވެނި ޓްރެކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ފައްޓަވާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޚާއްސަކޮށްގެން އިންތިޒާމްކުރެވިގެން ދިޔަ ދުވުމަކުންނެވެ. މިއަދުން ފެށިގެން ޢާންމުންނަށް މިޓްރެކް ހުޅުވިގެން ދާނެކަމަށް، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، އަޙްމަދު މަޙްލޫފް ވިދާޅުވެފައި ވެއެވެ. އަދި މީގެ އިތުރުން ގިނަ ދުވަހަށް ޓްރެކް ހަލާކު ނުވެ، ބޭނުން ކުރެވޭނެ ގޮތަށް، ޓްރެކް ބޭނުންކުރާ ފަރާތްތަކުން އެތަނުގެ ބޭނުން ހިފުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރެއްވިއެވެ.