logoEN
cocacola
މޮޑާނާ އިން ފައިޒަރ އާއި ބައޯއެންޓެކް އާ ދެކޮޅަށް ދައުވާ ކުރަނީ 

މޮޑާނާ އިން ފައިޒަރ އާއި ބައޯއެންޓެކް އާ ދެކޮޅަށް ދައުވާ ކުރަނީ 

694F7DA0-6F14-40AC-B3D2-034CFE16B000-1200x675

މޮޑާނާ އިން ފައިޒަރ އާއި ބައޯއެންޓެކް އާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފި އެވެ.

ގޮސިޔާ

މޮޑާނާ އިން ތުހުމަތު ކޮށްފައިވާ ގޮތުގައި ފައިޒަރ، ބައޯއެންޓެކް އިން އެ ކުންފުނީގެ އެމްއާރްއެންއޭ ވެކްސިންގެ ދެ އެލެމެންޓެއް ކޮޕީ ކޮށްފައިވެއެވެ. މޮޑާނާ އިން ފައިޒަރ އާއި ބައޯއެންޓެކް އާ ދެކޮޅަށް ދައުވާ ކުރަނީ އެ ކުންފުނީގެ އެމްއާރްއެންއޭ ވެކްސިން ޓެކްނޮލޮޖީ ޕޭޓަންޓްތަކާ ހިލާފުވުމުން ކަމަށް ބޭރުގެ މީޑިއާ ތަކުގައި ރިޕޯޓުކޮށްފިއެވެ.

މޮޑާނާ އާއި ފައިޒަރ، ބައޯއެންޓެކް އިން ވެސް ވަނީ އެމްއާރްއެންއޭ ބޭނުންކޮށްގެން ކޮވިޑް ވެކްސިން އުފައްދާފައެވެ. މިޝޮޓްތަކުން ކޮރޯނާވައިރަސްގެ ކުދި ކުދި ޖެނެޓިކް މެޓީރިއަލް ހަށިގަނޑަށް ތައާރަފުކޮށްދެއެވެ. މިތަކެތީގެ އެހީގައި އަހަރެމެންގެ ދިފާއީ ނިޒާމުން ކޮރޯނާވައިރަސް އާދެކޮޅަށް މަސައްކަތް ކުރެއެވެ.

މޮޑާނާގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސްޓެފަނޭ ބަންސެލް ވިދާޅުވި ގޮތުގައި މިިދެކުންފުނީގެ މައްޗަށް ދައުވާކުރަން ނިންމީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި އެކުންފުނިން އެތަކެއް ބިލިއަން ޑޮލަރު ހަރަދުކޮށްގެން އުފައްދާފައިވާ އެމްއާރްއެންއޭ ޓެކްނޮލޮޖީ ޕްލެޓްފޯމް ދިފާއުކުރުމައްޓަކައިއެވެ.

މިދައުވާގެ ސަބަބުން މިދެކުންފުނީގެ ދެ ވެކްސިން ލިބުމުގައި ދަތިކަމެއް ދިމާނުވާނެކަމަށް މިކުންފުނީގެ ޗީފް ލީގަލް އޮފިސަރު ޝެނޮން ތައިމޭ ކްލިންގަރ އަށް ހަވާލާދީ ބުނެފައިވެއެވެ. ނަމަވެސް ފައިޒަރ އާއި ބައޯއެންޓެކް އިން މިޕޭޓެންޓިތަކާ ހިލާފުވެ ވެކްސިން އުފެއްދުމުން އެކަމުގެ ބަދަލު ފައިސާއިން ދޭންޖެހޭނެކަމަށް އޭނާ ވިދާޅުވެފައިވާކަމަށް ބޭރުގެ މީޑިއާ ތަކުގައި ހިމަނައިފައިވެއެވެ.

އެގޮތުން މީގެކުރިންވެސް ފައިޒަރ އާއި ބައޯއެންޓެކްގެ މައްޗަށް ޕޭޓަންޓްއާ ހިލާފުވުމުގެ ދަޢުވާ ކިއުރްވެކް ނަމަކަށް ކިޔާ ކުންފުންޔަކުން ކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ