![ވިސާ ޓޯކަން ޕޭމަންޓުތަކުން ފިޒިކަލް ކާޑުތައް އޯވަޓޭކް ކުރަނީ](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F08%2FVisaPaywave-mobile-transation-1600x900-1.jpg&w=3840&q=75)
VisaPaywave-mobile-transation-1600x900
ވިސާ ޓޯކަން ޕޭމަންޓުތަކުން ފިޒިކަލް ކާޑުތަކަށް ވުރެ ކުރިޔަށް ޖެހިލައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ވިސާގެ އާ ސެކިއުރިޓީ ޓެކްނޮލޮޖީއެއް ކަމަށްވާ ވިސާ ޓޯކަން ސާވިސް (ވީޓީއެސް) އަކީ 16 ނަމްބަރުގެ ޕްރައިމަރީ އެކައުންޓް ނަމްބަރު ފަދަ ސެންސިޓިވް އެކައުންޓް އިންފޮމޭޝަންގެ ބަދަލުގައި ޓޯކަން ނަމަކަށް ކިޔާ ޔުނީކް ޑިޖިޓަލްކޮށް އައިޑެންޓިފައިކުރާ އެއްޗެކެވެ. މި ޓޯކަންގެ ސަބަބުން އަސްލު އެކައުންޓްގެ ތަފްސީލް ހާމަނުކޮށް ޕޭމަންޓްތައް ޕްރޮސެސް ކުރުމުގެ ފުރުސަތު ލިބެ އެވެ.
ވިސާ އިންކް އިން ބުނީ އެ ކުންފުނީގެ ސެކިއުރިޓީ ޓެކްނޮލޮޖީ އެއްކަމަށްވާ ވިސާ ޓޯކަން ސާވިސް (ވީޓީއެސް) މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ނެޓްވޯކް ޓޯކަން ދޫކޮށްފައިވާ ކަމަށެވެ. މިއީ ދައުރުވަމުންދާ ފިޒިކަލް ކާޑުގެ ޖުމުލަ އަދަދަށްވުރެ އެތައް ގުނައެއް ބޮޑުއަދަދެކެވެ.
ވިސާގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ޗީފް ޕްރޮޑަކްޓް އޮފިސަރު ޖެކް ފޮރެސްޓެލް ރޮއިޓާސް އަށް ދިން އިންޓވިެއެއްގައި ބުނެފައިވަނީ ޓޯކަން ކުރުމުގެ ސަބަބުން ކާޑް ފްރީ ޕޭމަންޓްސް އަށް މަގުފަހިވެ މަކާރާހީލަތުން ސަލާމަތްވުމަށް އެހީވެގެންދާކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ޕޭމަންޓް ޕްރޮސެސަރ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާރސްގެ ޑޭޓާއާ ހަވާލާދީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް ބަލިމަޑުކަން ފެތުރެން ފެށިފަހުން އީ-ކޮމާރސްވޮލިއުމް %50 މަތިވެފއިވާކަމަށެވެ.
މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ވިސާއިން ވަނީ ވޯލް ސްޓްރީޓްގެ އަންދާޒާއަށް ވުރެ ކުއާޓާލީ ފައިދާ ބޮޑުކަމަށް ރިޕޯޓުކޮށްފައެވެ.