
villingili
ގއ.ވިލިނގިލީއިން ކޮވިޑް-19 އަށް އިތުރު މީހަކު ފައްސިވެއްޖެއެވެ.

''ގާފު'' އަށް އެނގިފައިވާ ގޮތުން ވިލިނގިލީގެ ދެވަނަ ވޭދަނައަކީވެސް އެރަށުގައި ހުންނަ ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލް ކުރަމުން ގެންދާ ދަރިވަރެކެވެ.
މި މީހާއަކީ ކުރިން ފައްސިވި މީހާއާއި އެއް ކޮޓަރިއެއްގައި އުޅޭ މީހެއްކަމަށް މައުލޫމާތު ލިބެއެެވެ.
މިއާއިއެކު ގއ. ވިލިނގިލީއިން ދެ ވޭދަނައެއް ފެނިފައިވާއިރު؛ ގއ.ވިލިނގިލީގެ އިތުރުން ގއ.ދާންދޫ އަދި ގއ.ދެއްވަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތުގައިއެވެ.