![ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި!](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2Fs.jpg&w=3840&q=75)
ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި!
s
ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތު ދެއްވާފައިވާގޮތުގައި މިސްކޮލަރ ޝިޕްތަކުގައި، އެމް.ބީ.ބީ.އެސްއިން 6 ދަރިވަރަކަށް ޖާގަ އަދި ބީ.ޑީ.އެސްއަށް 1 ދަރިވަރަކަށް ޖާގަ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ކޯސް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބަންގްލަދޭޝްގައެވެ.
ހަޔަރ އެޑިޔުކޭޝަނުން ހާމަކުރާގޮތުގައި މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އަދި މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ.
މި ސްކޮލަރޝިޕްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 19 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ހަޔަރ އެޑިޔުކޭޝަނަށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި އިތުރު މައުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026947 /3026966 ނަންބަރު ފޯނުން ލިބޭނެ އެވެ.