
RSH3584-1620031864515_jc5hjd
ވޭތުވެދިޔަ ދިރާސީ އަހަރުގެ އޯލެވެލް އިމްތިހާނުތަކުގެ ވަގުތީ ނަތީޖާ ދޫކުރަން ފަށައިފިއެެވެ.

މިއަދު ދޫކުރަން ފަށާފައިވަނީ ސްކޫލުތައް މެދުވެރިކޮށް އޯ ލެވެލް ހެދި ދަރިވަރުންގެ ނަތީޖާތަކެވެ.
އޯލެވެން އިމްތިހާނުތައް ފެށީ މެއި 4 ވަނަ ދުވަހުއެވެ. ނަމަވެސް އޯލެވެލް އިމްތިހާނުގައި ހިމެނޭ އާޓް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރިލް މަހުގެ 13 އަދި 14 ގައި ވަނީ ބާއްވާފައެވެ. އެ އިމްތިހާނުގައި 181 ދަރިވަރަކު ރާއްޖޭން ބައިވެރިވެފައިވެއެވެ. އަދި ޖޫން 10ގެ ނިޔަލަށް އިމްތިހާންތައް ކުރިއަށް ގެންގޮސްފައި ވެއެވެ.
އެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް އިމްތިޙާނު ކުރިއަށްދިޔަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި 5939 ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވެފައިވެއެވެ.