![ތުވާލި ދޮންނާނެ ރަނގަޅު ގޮތަކީ މިއީ](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2Fremove-musty-towel-odors-1901086-02-243254a0f12e40359a7c4cfdab1ba868.jpg&w=3840&q=75)
remove-musty-towel-odors-1901086-02-243254a0f12e40359a7c4cfdab1ba868
މިވީގޮތުން އަހަރެމެނެ އެންމެންވެސް ތުވާލި މި ދޮންނަނީ ނުބައިކޮށެވެ. ތުވާލި ޑިޒައިނަރެއް ކަމަށްވާ ލޫސީ އެކްރޮއިޑް މިވަނީ ތުވާލި ދޮންނާނެ ރަނގަޅު ގޮތް ކިޔައިދީފައެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އޭނާ ބުނި ގޮތުގައި އާންމުގޮތެއްގައި ތުވާލި ދޮންނައިރު މީހުންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ މެޝިން ފުރޭ ވަރަށް އެއްފަހަރާ ގިނަ ތުވާލިތަކެއް ދޮންނަން އެޅުމެވެ. ލޫސީ ބުނިގޮތުގައި ދޮންނަ މެޝިނަށް އަޅަންވާނީ މެޝިނުގެ ޖާގައަށް ބަލާފައި ވީހާވެސް މަދު ތުވާލި ކޮޅެކެވެ. އެއީ ތުވާލި ދޮންނަން ޖާގަ ބޭނުންވާނެތީއެވެ. އެ ޖާގައަކީ ތުވާލި ރަނގަޅަށް ދޮވެވުމަށް ލިބެންޖެހޭ ޖާގައެވެ.
އެއްފަހަރާ އެއް ތުވާއްޔަށްވުރެ ގިނަ ތުވާލި ދޮންނަ ކަމުގައިވާނަމަ އެއް ކުލައެއްގެ ތުވާލި އަޅާފައި ދޮވުމާއި ތުވާއްޔާ އެކު އެހެން އަންނައުނު ނުދޮތުމަށް ލޫސީ އިރުޝާދު ދެއެވެ. އެއީ އަންނައުނުގައި ހުންނަ ފައިބަރުތައް ތުވާއްޔާ އެއްވިޔަ ނުދިނުމަށެވެ.
ތުވާލި ދޮންނަންވާނި 40 ޑިގްރީގައި ކަމަށާއި މަހަކު އެއްފަހަރު ނަމަވެސް 60 ޑިގްރީގައި ދޮވުމަށް އޭނާ ބުންޏެވެ. އެއީ ތުވާލީގައި ހުންނަ ތެލާއި ޖަރާސީމް ސާފު ކުރުމަށެވެ.
ހަމައެހެންމެ ތުވާލި ދޮތުމުގެ ކުރިންނާއި ފަހުން ތުވާލި ރަނގަޅަށް ތަޅުވާލުމަށާއި ތުވާލި ހިއްކާއިރު ރޭޑިއޭޓަރަކަށް ނުލުމަށްވެސް ލޫސީ އިރުޝާދު ދެއެވެ. އަދި ތުވާލި ދޮތުމަށްފަހު ތުވާލި ހިއްކަން އަޅުވަންވާނީ ބޭރުގައި ކަމަށްވެސް އޭނާ ބުންޏެވެ.