![ހަވަރު ޔޫތް ކަޕްގެ ޗެމްޕިއަންކަން ނޯޗޮއިސްއަށް](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2F54888AA6-571E-49DA-8803-EC1C23B703A8.jpeg&w=3840&q=75)
54888AA6-571E-49DA-8803-EC1C23B703A8
ހަވަރު ޔޫތް ކަޕް 2020 ގެ ފައިނަލް މެޗުގައި ކާޑެއްދޫ އެފްސީ ބަލިކޮށް ނޯޗޮއިސްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މިއަދު ހަވީރު ކުޅުނު މި މެޗު ނޯޗޮއިސްއިން ކާމިޔާބު ކުރީ މެޗުގެ ސުންގަޑި ހަމަވިއިރު 1-1 ގެ ނަތީޖާއިން އެއްވަރުވުމް ޕެނަލްޓީ ޖަހައިގެންނެވެ.
މިމެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ދެޓީމުންވެސް ވަނީ ރަނގަޅު މޮޅު ކުޅުމެއް ދައްކާފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ނޯޗޮއިސްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 5 ، ޝާހިދު އަލީ އެވެ. އެހެން ނަމަވެސް އެގޯލަށް މާގިނަ އިރުތަކެއް ނުވަނީސް ކާޑެއްދޫ އެފްސީއިން ވަނީ ގޯލެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަރޒީ ނަމްބަރު 9، އާދަމް ލަރީފް އެވެ.
ޕެނަލްޓީ ޖަހައިގެން ނޯޗޮއިސް ޗެމްޕިއަންކަން ހޯދީ 5-3 ގެ ނަތީޖާއިންނެވެ.
މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ގދ. ތިނަދޫ ސްޓޭޑިއަމުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި އަތޮޅު ތެރެއިންނާއެކު ޖުމްލަ 8 ޓީމެއް ވަނީ ބައިވެރިވެ ވާދަކޮށްފައެވެ.