
ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯޯނަމެންޓް ގެ ޗެމްޕިއަން އަށް އިނާމް ހަވާލު ކޮށްފި
81D91130-1068-4590-B2F2-A1B3440CC89D
ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގެ ޒުވާނުންނަށް ހުޅުވާލައިގެން ބޭއްވި ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯޯނަމެންޓް 2020 ގެ ޗެމްޕިއަންކަށް ހޮވުނު އަނޫފް އަހުމަދު އަށް އިނާމް ހަވާލު ކޮށްފިއެވެ.

މިރޭ ޕްރިންޓެކް ގައި ބޭއްވި ރަސްމިއްޔާތުގައި އެއްވަނަ އިނާމަކަށް ޕްރިންޓެކް އިން ހުށަހެޅި ޕީއެސް 5 ވަނީ ހަވާލު ކޮށްފައެވެ.
މި އިނާމް އަނޫފް އާއި ހަވާލު ކޮއްފައި ވަނީ ޕްރިންޓެކް ގެ ފަރާތުން އޮޕަރޭޝަންސް މެނޭޖަރ އާނިފް ސޮލާހް އެވެ.
ތިން އަހަރުގެ މުއްދަތަކަށް ޓޭޑް ޖަމިއްޔާއިން ޕްރިންޓެކާއި އެކު ސޮއިކުރި ކޮންޓްރެކްޓެއްގެ ދަށުން މި މުބާރާތް 2020، 2021 އަދި 2022 ވަނަ އަހަރު ތިނަދޫގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.