logoEN
cocacola
ކާރު އެކްސިޑެންޓު - އައިސީޔޫގައި ފަރުވާދެމުންދިޔަ އެކަކު ވޯޑަށް ބަދަލުކޮށްފި

ކާރު އެކްސިޑެންޓު - އައިސީޔޫގައި ފަރުވާދެމުންދިޔަ އެކަކު ވޯޑަށް ބަދަލުކޮށްފި

އަލްފާ އަލީ

logo

7/9/2022, 11:52:47 AM

# ކާރު އެކްސިޑެންޓު# އައިޖީއެމްއެޗް

igmh

މިމަހުގެ ހަތަރު ވަނަ ދުވަހު މާލޭގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް ބަހެއްގައި ޖެހި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އައި ހަތަރު މީހުންގެ ތެރެއިން އެކަކު ވޯޑަށް ބަދަލުކޮށްފިއެވެ.

ގޮސިޔާ

އެ އެކްސިޑެންޓުގައި އަނިޔާވީ ހަ މީހަކަށް ކަމަށް ފުލުހުން އެދުވަހު ބުނެފައިވެއެވެ. އެއީ ހަތަރު އަންހެނަކާއި ދެ ފިރިހެނުންނެވެ. އެ ދުވަހު އޭގެ ތެރެއިން އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ ގއ. މާމެންދޫ، ބިލަތްމާގޭ، މަރްޔަމް އަމާނީ ރަޝީދު، 23، އެވެ.

އެ އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުން ހެންވޭރާވީ ކޮޅަށް މޭރީ ބްރައުން ކައިރިން ރަތް ކުލައިގެ ކާރެއް ފެން ބޮޑުވެފައިވެފައިވާ މަގުގެ ފެންގަނޑު ކަފަމުން ބާރު ސްޕީޑުގައި އަންނަތަން ފެނެއެވެ. ވަކި ހިސާބަކުން ކާރުގެ ކޮންޓްރޯލް ގެއްލި، އެނބުރެމުން އައިސް، އެތަނުން ދުއްވާފައިދިޔަ އެހެން ކާރެއްގެ ފަހަތުކޮޅުގައި ޖެހި، އެނބުރެމުން އައިސް އެމަގުން ދިޔަ ބަހެއްގެ ކުރީކޮޅުގައި ޖެހޭ މަންޒަރު ފެނެއެވެ. ބަހުގައި ޖެހިފައިވަނީ ކާރުގެ ފަހަތުކޮޅެވެ. ކާރުގެ ފަހަތް އެއްކޮށް ވަނީ ފުނޑު ފުނޑު ވެފައެވެ. އަދި ބަހުގެ ކުރީކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ހަތަރު މީހަކަށް ފަރުވާ ދޭން ފެށިއެވެ. އޭގެ ތެރެއިން އެކަކު މިހާރު ވޯޑަށް ބަދަލުކޮށްފައިވާއިރު، އަނެއް ތިން މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. އެ ތިން މީހުންނަށްވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް މީގެ ކުރިން އައިޖީއެމްއެޗް އިން ހާމަކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ