logoEN
ކޮކާކޯލާ
ހަވަރު ޔޫތް ކަޕް 2020 -  ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކާޑެއްދޫ އެފްސީ އަދި ހޯނޑެއްދޫ އެފްސީ

ހަވަރު ޔޫތް ކަޕް 2020 - ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކާޑެއްދޫ އެފްސީ އަދި ހޯނޑެއްދޫ އެފްސީ

އަހުމަދު ޝުރާއު

logo

1/5/2021, 9:22:39 PM

DSC_5887

ހަވަރު ޔޫތް ކަޕް 2020 ގެ ސެމީ ފައިނަލްގެ ގުރުލުން ބާއްވައިފި އެވެ.

އަބުޅޯ

މިރޭ ޒިމާމެން ރެސްޓޯރެންޓުގައި ބޭއްވި ރަސްމިޔާތުގައި ގުރު ލާފައިވަނީ ސެމީ ފައިނަލްގައި ވާދަކުރާ 4 ޓީމު މެދުގައި އެވެ. އެއީ ގްރޫޕް A އިން ސެމީ ފައިނަލަށް ދަތުރުކުރި ކާޑެއްދޫ އެފްސީ އާއި ހޯނޑެއްދޫ އެފްސީގެ އިތުރުން ގްރޫޕް B އިން ސެމީ ފައިނަލަށް ދަތުރުކުރި ދެޓީމު ކަމުގައިވާ ފީނިކްސް އެފްސީ އަދި ނޯޗޮއިސް ގެ މެދުގައިއެވެ. އެގޮޮތުން ގުރުއަތުން ސެމީ ފައިނަލްގެ މެޗުތަށް ބަހާލެވިފައިވާ ގޮތަކީ :

ސެމީ ފައިނަލް 1 - ކާނޑެއްދޫ vs ހޯނޑެއްދޫ

ސެމީ ފައިނަލް 2 - ފީނިކްސް vs ނޯޗޮއިސް

ސެމީ ފައިނަލްގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 7 ވަނަ ދުވަހުގެ ހަވީރު އެވެ. އެހެންކަމުން ފުރަތަމަ މެޗުގައި ވާދަކުރާނީ ޓީމް ކާޑެއްދޫ އެފްސީ އާއި ޓީމް ހޯނޑެއްދޫ އެފްސީ އެވެ. އަދި 8 ޖެނުއަރީގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާނީ ޓީމް ފީނިކްސް އާއި ޓީމް ނޯޗޮއިސް އެވެ. މި މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ވެސް މި މުބާރާތް ކުޅޭ ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އެވެ.

ސެމީ ފައިނަލަށް ފީނިކްސް ދަތުރުކުރި ކުޅުނު 3 މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށް އެއް މެޗު އެއްވަރުވެ އަދި ފަހު މެޗުން ބަލިވުމާއި އެކުވެސް ލިބުނު 4 ޕޮއިންޓާއި އެކުގައިއެވެ. އަދި ނޯޗޮއިސް ސެމީ ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ 5 ޕޮއިންޓް ހޯދައިގެންނެވެ. އެގޮތުން ނޯޗިއިން އިން ވަނީ ކުޅުނު ދެ މެޗު އެއްވަރުކޮޮށް މިއަދު ހަވީރު ކުޅުނު ފަހުމެޗުން 3-1 ކުން މަޑަވެލި އެފްސީ ބަލިކޮށް ހޯދި 3 ޕޮއިންޓާއި އެކު ޖުމުލަ 5 ޕޮއިންޓު ހޮދައިގެން ގްރޫޕްގެ އެއްވަނައިގައި އޮވެ ސެމީއަށް ދަތުރުކޮށްފައެވެ.

ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރި ގްރޫޕް A ގެ ކާޑެއްދޫ އެފްސީ ސެމީ އަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާއިއެކު އޮޮވެއެވެ. އަދި އެގްރޫޕްގެ ދެވަނައިގައި އޮވެ ހޯޯނޑެއްދޫ އެފްސީ ސެމީއަށް ދަތުރުކުރީ 6 ޕޮޮއިންޓާއި އެކުއެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ