logoEN
cocacola
އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕުގައި މިއަހަރު 300 ޖާގަ

އައިޖީއެމްއެޗްގެ ޚިތާނީ ކޭމްޕުގައި މިއަހަރު 300 ޖާގަ

އަލްފާ އަލީ

logo

6/11/2022, 3:59:46 PM

# އައިޖީއެމްއެޗް# ޚިތާނީ ކޭމްޕް

IGMH-850x548

މި އަހަރުގެ އައިޖީއެމްއެޗުން ބާއްވާ ހިތާނީ ކޭމްޕްގައި 300 ކުދިން ހިތާނު ކުރަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ގޮސިޔާ

އައިޖީއެމްއެޗުން ބުނީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ހިތާނުކުރުމުގެ ހިދުމަތް އެ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ހިތާނު ކުރުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ނަންނޯޓު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ނަންނޯޓް ކުރުން ކުރިޔަށް ދާނީ އޯޕީޑީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 16:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައިވާ ސާޖަރީ ކައުންޓަރުގައެވެ.

އައިޖީއެމްއެޗްއިން ބުނެފައިވަނީ އެ ހޮސްޕިޓަލުން މި އަހަރު ހިތާނު ކުރުމަށް ހަމަޖެހިފައިވާ ކުދިންގެ އަދަދަކީ 300 ކަމަށްވާތީ އެ އަދަދު ހަމަވުމުން ނަން ނޯޓް ކުރުން ހުއްޓާލެވޭނެ ކަމަށެވެ.

ހިތާނު ކުރުން ކުރިޔަށް ދާނީ ޖުލައި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ހިތާނު ކުރުމަށް އެޕޮއިންމެންޓް ހަމަޖެހިގެންދާނީ ނަންނޯޓު ކުރާ ތަރުތީބުން ކަމަށް ވެސް އައިޖީއެމްއެޗްއިން ބުނެއެވެ.

އެ ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ހެނދުނު 8:00 އިން ހަވީރު 16:00 އާއި ދެމެދު އައިޖީއެމްއެޗްގެ ސާޖަރީ ކައުންޓަރު ނަންބަރު 3335300 އަށް ގުޅުމަށް ވެސް އައިޖީއެމްއެޗްއިން ވަނީ އެދިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ