logoEN
ކޮކާކޯލާ
މަޑަވެލި ކުޑަކުދިންގެ ޕާކުގައި ކުޅޭތަކެތި އަތުރާނެ ފަރާތެއް ހޯދަނީ

މަޑަވެލި ކުޑަކުދިންގެ ޕާކުގައި ކުޅޭތަކެތި އަތުރާނެ ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

1/3/2021, 1:59:01 PM

123728866_3172371412890329_8493496169826828799_o

ގދ މަޑަވެލީގެ ކުޑަކުދިންގެ ޕާކުގައި ކުޅިވަރުކުޅުމަށް ބޭނުންކުރާ ތަކެތި ބަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

އަބުޅޯ

އިންޑިއާއިން ހަދިޔާކުރި މި ތަކެތި މިހާރު ވަނީ މަޑަވެއްޔަށް ގެެނެވިފައެވެ. އަދި މި ތަކެތި ކައުންސިލް އިދާރާއިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މަޑަވެލި ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 04 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 ގައި މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމުގައި އެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 10 ޖެނުއަރީ 2021 ވަނަ ދުވަހުގެ މެންދުރު 11:00 ގައި އެވެ.

އިންޑިއާއިން ވަނީ ރާއްޖޭގެ 61 ރަށުގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް ތަކެތި ހަދިޔާކޮށްފައެވެ. ޕާކުތަށް އެޅުމަށް އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ސާމާނުގެެ އަގު 6.7 މިލިއަން ރުފިޔާއަށް އަރައެވެ.

ހުވަދު އަތޮޅުގައި ޕާކު އަޅަން ހަމަޖެހިފައިވާ ރަށްތަށް ވަނީ އިއުލާން ކޮށްފައެވެ. އެެގޮތުން ހުވަދުއަތޮޅުގައި ޕާކު އަޅަން ހަމަޖެެހިފައިވާ ރަށްތަކަކީ ގދ މަޑަވެެލި ، ގދ ފިޔޯރީ އަދި ގދ ގައްދޫ އެވެެ. އަދި ގއ އަތޮޅުން ގއ ކޮލަމާފުށި ، ގއ ދާންދޫ ، ގއ މާމެެންދޫ ، ގއ ގެމަނަފުށި އަދި ގއ ދެއްވަދޫ ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ