
DSC_0224
ހުވަދޫ ބެޑްމިންޓަން ކްލަބްގެ އަހަރީ އާންމު ޖަލްސާ ބާއްވައި ކްލަބްގެ އާއެކްސްކޯ އިންތިހާބު ކޮށްފި އެވެ.

ތިނަދޫ ކައުންސިލްގެ މީޓީންގް ރޫމުގައި މިރޭ ބޭއްވި މި ޖަލްސާގައި ކްލަބްގެ ގިނަ އާންމު މެމްބަރުން ވަނީ ބައިވެރިވެފައެވެ. އަދި މި ޖަލްސާގައި ވަނީ ކުރިޔަށް އޮތް ފަސް އަހަރަށް ހުވަދޫ ބެޑްމިންޓަން ކްލަބްގެ އެކްސްކޯވެސް އިންތިހާބުކޮށްފައެވެ. އެގޮތުން ކްލަބްގެ ޗެއާޕާސަންއަކަށް ހޮވިފައިވަނި ހުސެއިން އަހުމަދު އެވެ. އަދި ވައިސް ޗެއާޕާސަން އަކަށް ހޮވިފައިވަނީ އާތިރު އިބްރާހިމް އެވެ. އަދި ކްލަބްގެ ސެކެޓްރީ ޖެނެރަލަކަށް އިންތިހާބު ކޮށްފައިވަނީ ޝައިސްތާ އަލީއެވެ. އަދި ކްލަބްގެ ހަޒާންދާރަކަށް އިންތިހާބު ކޮށްފައިވަނީ އަހުމަދު އަޝްރަފު އެވެ.
މި ޖަލްސާގައި ވަނީ އާންމު މެމްބަރުންގެ ތެރެއިން ކްލަބްގެ ދެ މެމްބަރެއް ކްލަބްގެ އެސްކޯއަށް އިންތިހާބްކޮށްފައެވެ. އެގޮތުން އާންމު މެމްބަރުންގެ ގޮތުގައި އެކްސްކޯއަށް ހޮވިފައިވަނީ އިސްމާއިލް އަލީ އަދި މުހައްމަދު މުހައިމިން އެވެ. އަދި ކްލަބްގެ ފައުންޑަރ މެމްބަރުންގެ ތެރެއިން އެކްސްކޯގައި ހިމެނިފައިވަނީ އަބްދުﷲ ސޯދިގު އެވެ.
މި ޖަލްސާއަށް ފަހު ހުވަދޫ ބެޑްމިންޓަކް ކްލަބްގެ އާ އެކްސްކޯގެ ފުރަތަމަ މީޓީންގް ވަނީ ބާއްވާފައެވެ. މި މީޓީންގައި ވަނީ ކްލަބްގެ މަސައްކަތްތަށް މުސްތަޤުބަލުގައި ކުރިޔަށް ގެންދާނެ ގޮތްތަކާއި މެދު މަޝްވަރާކޮށްފައި އެވެ.