logoEN
PNC TOP 3
ގައްދޫގައި ފުރަތަމަ ފަހަރަށް ހިންގޭ މޭކްއަޕް ކޯސް ފެށުމަށް  "ޝައިން ވިތް ޝަފާ" އިން ތައްޔާރު ވެއްޖެ

ގައްދޫގައި ފުރަތަމަ ފަހަރަށް ހިންގޭ މޭކްއަޕް ކޯސް ފެށުމަށް "ޝައިން ވިތް ޝަފާ" އިން ތައްޔާރު ވެއްޖެ

އަޙްމަދު ޖަމީލު

logo

12/31/2020, 10:15:57 PM

28872804_434577683641108_1685893874792267776_o

ގދ.ގައްދޫގައި މޭކްއަޕް ދަސްކުރާ ކޯހެއް މާދަމާ ފަށަން ތައްޔާރު ވެއްޖެއެވެ.

PNC MID 2

"ޝައިން ވިތް ޝަފާ" އިން ފުރަތަމަ ފަހަރަށް ގައްދޫގައި ހިންގާ މިކޯހަކީ 7 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ކޯހެކެވެ.

ޖުމްލަ 12 ދަރިވަރުންނާއި އެކު މި ކޯސް އިންތިޒާމް ކުރާ ޝަފާ "ގާފު" އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ ފަށާ ކޯހުގައި މޭކަޕް ގެ ބޭސިކްގެ އިތުރުން ބައެއް އެޑްވާންސް މޭކްއަޕް ވެސް ކިޔަވައިދޭނެ ކަމަށެވެ.

މީގެ އިތުރުން މި ކޯހުގައި ބޭނުން ކުރާނެ ހުރިހާ ސާމާނެއް އެ ފާރާތުން ފޯރު ކޮށްދޭނެކަމަށާއި މި ކޯހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ވެސް ކޯސް ފުރިހަމަ ކޮށް ނިމުމުން ހަނދާނީ ލިޔުމަކާއި މޭކްއަޕް ކިޓެއް ދެވޭނެ ކަމަށްވެސް ޝަފާ ބުންޏެވެ.

ޝައިން ވިތް ޝަފާ އަކީ ތިނަދޫގެ އިތުރުން އަތޮޅު ތެރޭގައި ފުޅާ ދާއިރާއެއްގައި މޭކްއަޕް ކުރުމުގެ ހިދުމަތް ދެމުން އަންނަ ވިޔަފާރިއެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC