logoEN
ކޮކާކޯލާ
ވަރުގަދަ ހިފުމަކަށްފަހު ނޯޗޮއިސް އަދި އެފްސީ ނޮދާންސްޓާރ މެޗު އެއްވަރު

ވަރުގަދަ ހިފުމަކަށްފަހު ނޯޗޮއިސް އަދި އެފްސީ ނޮދާންސްޓާރ މެޗު އެއްވަރު

އަހުމަދު ޝުރާއު

logo

12/31/2020, 4:10:42 PM

DSC_9494

ހަވަރު ޔޫތްކަޕް މިއަދު ހަވީރު އެފްސީ ނޯޗޮއިސް އަދި އެފްސީ ނޮދާންސްޓާރ ބައްދަލުކުރި މެޗު އެއްވަރުވެގްން ނިމިއްޖެއެވެ.

އަބުޅޯ

މިއަދު ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި ފޯރިގަދަ މިމެޗް ނިމިގެން ދިޔައީ 2 - 2 ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. މެޗުގައި ފުރުތަމަ ލީޑުނެގީ އެފްސީ ނޮދާންސްޓާރއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާުކޮށްދިނީ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް އެޓީމުގެ ޖާޒީ ނަންބަރު 10 އިބްރާހީމް ޝަފްރާދް އެވެ. ދެވަނަ ހާފްގެ ކުޅެން ފަށައިގެން ލިބުނު ފްރީކިކް އަކުން ބޮލުން ގޯޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަަށް ފޮނުވާލައިގެން ނޯޗޮއިސްއަށް މެޗު އެއްވަރު ކޮޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 8 ، އިބްރާހިމް އަޒްހަރު އެވެ. ނޯޯޗޮއިސް ވަނީ މެޗު ނަތީޖާ 1-1 ބަދަލުކޮށްލާފައެވެ. މި ގޯލާއި އެކު ނޯޗޮއިސް ޓީމުން ދިޔައީ އިތުރު ގޯލަކަށް މަސައްކަތްކުރަމުންނެވެ. ނަތީޖާއެއްގެ ގޮޮތުން މެޗުގުގެ 77 ވަނަ މިނެޓުގައި އެޓީމުގެ ޖާޒީ ނަންބަރު 7، އިބްރާހިމް ހުސެއިން ގެ ގޯލަކުން ނޯޗޮއިސް އިން މެޗުގެ ލީޑް ނެގިއެވެ. އެހެން ނަމަވެސް އޭރިއާ ތެރެއިން ކުރި ފައުލްއަކާއި އެކު އެފްސީ ނޮޮދާންސްޓާއަރ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ނޮދާންސްޓާރ އިން އެއްވަރު ކުރިއެވެ.

މި މެޗުގައި ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގާފައެވެ. އެއާއި އެކު އެފްސީނޮދާންސްޓާރ ގެ ދެ ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އަދި މި ހަމަނުޖެހުންތަކާއި ގުޅިގެން ނޯޗޮއިސް ގެ ކުޅުންތެރިޔަކަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖްއުސޫލުންނެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެެހިފައިއެވެ.

މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ނޯޗޮއިސްގެ އިބްރާހީމް ހުސެއިން އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ