
ދުނިޔޭގެ އެންމެ ފުރަތަމަ ވަކަރު ސެޓަލައިޓު އުފެއްދުމުގެ މަސައްކަތް ޖަޕާނުން ފަށައިފި
_116275242_woodensatellite
ދުނިޔޭގެ އެންމެ ފުރަތަމަ ވަކަރު ސެޓަލައިޓު ފަރުމާކޮށް އުފެއްދުމުގެ މަސައްކަތް ޖަޕާނުން ފަށައިފިއެވެ.

2023 ގައި ލޯންޗް ކުރުވޭ ގޮތަށް އުފައްދާ މި ސެޓަލައިޓަކީ އެހެން ސެޓަލައިޓުތަކާ ޚިލާފަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތައްޔާރު ކުރެވޭ ސެޓަލައިޓެކެވެ.
މިހާރު އުފައްދަމުންދާ ސެޓަލައިޓުތައް ތައްޔާރުކުރަނީ އެލުމިނިއަމުންނެވެ. އެއީ އެލުމިނިއަމަކީ އަގުހެޔޮ، ލުއި އަދި ވަރުގަދަ މާއްދާއަކަށް ވާތީއެވެ. ނަމަވެސް މީގެން ތައްޔާރު ކުރާ ސެޓަލައިޓު ތަކަކީ ތިމާވެއްޓާ ރައްޓެހި ސެޓަލައިޓުތަކެއް ނޫނެވެ. އެއީ އެ ލޯންޗު ކުރުމަށްފަހު އަބުރާ ދުނިޔޭގެ ވައިގެ ފަށަލައަށް ވަދެ ގޮވާއިރު އެލުމިނާ ނަމަކަށް ކިޔާ ވިހަ ގޭހެއް ދޫވެގެންދާތީއެވެ. އެލުމިނާއަކީ ދުނިޔޭގެ އޯޒޯން ފަށަލަ ތުނިކޮށް އެ ފަށަލައަށް ގެއްލުންދޭ މާއްދާއެކެވެ.
އެލުމިނިއަމުން އުފައްދާ ސެޓަލައިޓުތަކާ ޚިލާފަށް ވަކަރުން ސެޓަލައިޓު އުފައްދާނަމަ އާ ޑިޒައިނުތަކަށް ތަކަށްވެސް ސެޓަލައިޓު ފަރުމާ ކުރެވިދާނެއެވެ. އެއީ އެލުމިނިއަމަށްވުރެ ފަސޭހައިން ވަކަރުގައި އިލެކްޓްރޯ މެގްނެޓިކް ވޭވްސް ތަކަށް ދަތުރު ކުރެވޭނެތީއެވެ. އެހެންކަމުން ސެޓަލައިޓު ފަރުމާކުރާއިރު ބޭރުގައި އެންޓަނާތައް ހަރުކުރުމުގެ ބަދަލުގައި އެތެރޭގައި ހަރުކުރެވިދާނެއެވެ.
މި ސެޓަލައިޓު އުފެއްދުމަށް ކުރާ މަސައްކަތްތައް ފެށިގެންދާނީ ޖައްވަށް އެންމެ އެކަށީގެންވަނީ ކޮންކަހަލަ ވަކަރުތަކެއްތޯ ބަލުމަށް ކުރިއަށްގެންދާ ތަހުލީލުތަކުންނެވެ.