
ސައުދީން ހަދިޔާކުރި ކަދުރު ދިވެހި ސަރުކާރާ ހަވާލުކޮށްފި
# އިސްލާމިކް މިނިސްޓްރީ# ކަދުރު# ސައުދީ އަރަބިއްޔާax3a4176-scaled-1-1536x1024
ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ.

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރާ އިސްލާމިކް މިނިސްޓްރީން ހަވާލުވެފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީއެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ، ރަމަޟާން މަހަށް ކަދުރު ފޮނުވަން ނިންމި ޤައުމުތަކަށް ރަމަޟާން މަސްތެރޭ ކަދުރު ލިބޭނެކަމަށް އުންމީދު ކުރެއްވި ކަމަށާއި އެހެންނަމަވެސް ރާއްޖެއެކޭ އެއްގޮތަށް އެހެން ޤައުމުތަކަށް ވެސް ކަދުރު ލިބުން ލަސްވީ ދަތުރު ފަތުރާއި ގުޅިގެން ދިމާވި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.
ސަފީރު ވަނީ އެ ޤައުމުގައި ކޮވިޑްގެ ހާލަތާ ގުޅިގެން އަދިވެސް ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތުގައި އަޙްމަދު ޒާހިރު ޢަލީ ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށް، އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދަށް ޝުކުރު އަދާކުރައްވާފައެވެ.
ކަދުރު ބަހަން އަންނަ ހަފްތާގައި އިޢުލާންކުރެވޭއިރު، ކަދުރު ބަހާނީ ފަޤީރުންގެ ގޭބިސީތަކަށެވެ. މާލެ، ވިލިމާލެއަށް މާލެސިޓީގެ އެހީތެރިކަމާއިއެކު ކަދުރު ބަހަން ނިންމާފައިވާއިރު، ހުޅުމާލޭގެ ގޭބިސީތަކަށް ކަދުރު ބަހަން ހަވާލު ކުރުމަށް ނިންމާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއިއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް!

މިއަހަރުގެ މިހާތަނަށް 738 އިމާމުންނަށް ތަމްރީނުދީފި

މާލެ ސިޓީ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފި





