
addu-3
އައްޑޫ ފްލައިން ސުކޫލު ހިންގާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރުމަށް ނިންމާފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)އިން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހުންނަ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފުލައިންގ ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބޭފުޅުންނާއިރު މިއަދު ބޭއްވި ބައްދަލުވުމުގައި އޭއައިއޭގެ މެނޭޖިންގ ޑިރެކްޓަރ ޤައިސް ނަސީރު ވިދާޅުވީ ފްލައިން ސްކޫލް ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖުލައިމަހަށް ހަމަވާނެކަމަށެވެ.
މިބައްދަލުވުމުގައި މެމްބަރުން ގިނަ ސުވާލުތަކެއް ކޮށްފައިވާއިރު، ޤައިސް ވިދާޅުވީ މިހާރު ހިންގަމުންދާ ފަރާތުގެ ގިނަ މައްސަލަތަކެއް ލިބިފައިވާއިރު، މިމައްސަލަ ހައްލުކުރުމަށްޓަކައި މިހާ ހިންގަމުންދާ މީހުންނާއިއެކު މިކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު މިހިންގާގޮތަށް ދިގުމުއްދަތެއްގައި ފްލައިން ސްކޫލު ހިންގާނަމަ އެއަރޕޯޓަށް ގެއްލުންވާނެ ކަމަށެވެ.
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ދަތުރުފުޅުގައި ފްލައިން ސުކޫލުގެ ދަރިވަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.