
ރާއްޖޭގައި ކުއްތާއެއް ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ
Screen Shot 1443-09-27 at 12.09.34 AM
ރާއްޖޭގެ ފަޅުރަށެއްގައި ކުއްތާއެއް ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ރާއްޖޭގެ ރަށެއްގެ އަތިރިމަތީގައި ކުއްތާއެއް ބަޔަކު ގެންގުޅޭ ތަން ފެނެއެވެ. ވީޑިއޯ ފެށޭ ހިސާބުން މީހަކު މޫދުގައި ހުރެގެން އެކުއްތާ މޫދަށް އެއްލާ މަންޒަރުވެސް ފެނިގެންދެއެވެ.
އޭގެ އިތުރުން އަތިރިމަތީގައި އިށީންދެގެން އިން މީހެއްގެ ކައިރިއަށް ގޮސް އެކުއްތާ އުޅޭ މަންޒަރުވެސް އެވީޑިއޯއިން ފެނިގެންދެއެވެ.
https://www.tiktok.com/@gendarling/video/7091596688661499138
ރާއްޖޭގައި ކުއްތާ ގެންގުޅުމަށް ހާއްސަ ހުއްދައެއް ނަަގަންޖެހެއެވެ. އެގޮތުން ރާއްޖެއަށް އަންނަ ބޭރުގެ އުޅަނދުތަކުގައި ގެނގުޅޭ ކުއްތާވެސް ރާއްޖެއަށް ބޭލުމަކީ މަނާކަމެކެވެ.
ރާއްޖޭގައި ކުއްތާއެއް ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އާންމުވެފައި ވީ ނަމަވެސް އެކުއްތާ ރާއްޖެ ގެނެސްފައިވަނީ ހުއްދަ ނަގައިގެންކަމެއް އަދި ނުނަގައި ކަމެއް އެނގިފައިނުވެއެވެ. ކުއްތާއެއް ރާއްޖެ އެތެރެކުރުމަށް ބޭނުންވާނަމަ ޑިފެންސް މިނިސްޓްރީގެ ހުއްދަ ބޭނުންވެއެވެ.