
އުމުރުން 9 އަހަރު، ވީޑިއޯ ހަދައިގެން 29.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް!
ryans-world
އުމުރުން 9 އަހަރުގެ ރަޔާން ކާޖީ ޔޫޓިއުބް ވީޑިއޯ ހަދައިގެން 29.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފިއެވެ.

މަޝްހޫރު ފޯރބްސް މަޖައްލާއިން އިއުލާން ކޮށްފައިވާ ގޮތުން ’ރަޔާންސް ވޯރލްޑް‘ ޔޫޓިއުބް ޗެނަލަކީ މި އަހަރު ޔޫޓިއުބްގައި އެންމެ ބޮޑު އާމްދަނީ ހޯދި ފަރާތެވެ. ރަޔާންސް ވޯލްޑް އަކީ ރަޔާން ކާޖީ ގެ ވީޑިއޯ ތައް ގެނެސްދޭ ޔޫޓިއުބް ޗެނަލެވެ.
ރަޔާންގެ ޔޫޓިއުބް ޗެނަލަށް އެންމެ ފުރަތަމަަ ކިއީ ’ރަޔާން ޓޯއީސް ރިވިއު‘ އެވެ. އެ ޗެނަލްގެ ޒަރީއާއިން ކުޅޭ އެއްޗެހި ކަނޑައި އެއަށް ރިވިއުދޭ ތަން ދައްކައެވެ. މިކަމުގެ ސަބަބުން ރަޔާންގެ ވީޑިއޯތައް ވައިލަރްވާން ފަށައި އޭނާގެ މަޤްބޫލުކަން އިތުރުވާން ފެށިއެވެ.
ކުޅޭ އެއްޗެހީގެ ރިވިއު ގެނެސްދޭން ފެށި މި ޗެނަލުން މިހާރު ވަރަށް ބޭނުންތެރި އެހެނިހެން މަޢުލޫމާތުތައް ވެސް ގެނެސްދެއެވެ. އެގޮތުން މަޖާ އަދި ޢިލްމީ ވީޑިއޯތަައް ގެނެސްދެއެވެ.
އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ ރަޔާން ގެ އިންސަޓަގްރާމުގައިވެސް 130،000 ފޮލޯވަރުން އުޅެއެވެ.