logoEN
ޕީއެންސީ 2
ސުނާމީގެ އަސަރުގަދަ ހަނދާންތަށް ނައުޝަމްގެ ފޮޓޯއިން!

ސުނާމީގެ އަސަރުގަދަ ހަނދާންތަށް ނައުޝަމްގެ ފޮޓޯއިން!

Screenshot 2020-12-26 at 06.35.52

26 ޑިސެމްބަރު 2004 އަކީ މުޅި ދިވެހި ގައުމަށްވެސް ހިތާމަވެރި، ކަޅު ދުވަހެކެވެ. ދިވެހި ގައުމު ދުށް އެންމެ ބިރުވެރި އެއް ދުވަހަށް އެދުވަސް ވީހިނދު، އެދުވަހުގެ ބިރުވެރިކަން އަޅުގަނޑުމެންގެ ޅަ ޖީލަށް ހިތަށްވެސް ނުގަނެވޭނެއެވެ. އެދުވަހުގެ ބިރުވެރިކަން ސިފަކޮށްދިން އެންމެ ފުރިހަމަ އެއް ތަސްވީރަކަށްވާނީ ހަމަ ޔަގީނުންވެސް މަޝްހޫރު އަދި ކުޅަދާނަ ޒުވާން ފޮޓޯގްރާފާރ ނައުޝަމް ވަހީދްގެ ތަސްވީރުކަންގައިމެވެ.

ޝަރީ 2024

އެފޮޓޯއިން ރަމްޒުކޮށްދެނީ އެދުވަހުގެ ބިރުވެރިކަމެވެ. ބޮޑެތި ރާޅުތަކުގެ ތެރޭގައި މައެއް، އެމީހާގެ ދަރިފުޅު ކޮނޑަށް ލައިގެން ރާޅާއިގެން ސަލާމަތްވޭތޯ މަސައްކަތްކުރަމުންދާތަން ފެނިގެންދާ މި ފޮޓޯއަކީ އެދުވަހުގެ އަސްލު ފޮޓޯއަކަށް ނުވިޔަސް، އެއީ އެދުވަހުގެ ބިރުވެރިކަމާއި، ނާމާންކަމާއި އަދި އަމިއްލަ ޖާނާއި މާލަށް ވުރެ ބޮޑަށް އަމިއްލަ ދަރިން އަދި އެހެން މީހުން ސަލާމަތް ކުރުމަށް ކުރި މަސައްކަތް ފެނިގެން ދިޔަ ހިތްގައިމު ފޮޓޯއެއްކަން ގައިމެވެ.

undefined

އަބަދުވެސް ތަފާތު ރީތި ފޮޓޯތަށް ނަގާ ނައުޝަމް ބުނި ގޮތުގައި މި ފޮޓޯ ނެގުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެދުވަހުގެ ނާމާންކަމާއި ބިރުވެރިކަން ދައްކުވައިދިނުމެވެ. އެފޮޓޯގެ ކެޕްޝަންއެއްގެ ގޮތުގައި ވަރަށް އަސަރުގަދަ އަދި ހިތާމަވެރި ބަސްކޮޅެއް ވީއިރު، ނައުޝަމް ބުނި ގޮތުގައި އެބަސްކޮޅަކީ އެދުވަހުގެ އެބިރުވެރި ރާޅުން ސަލާމަތްވި މީހަކު ކިޔައިދިން ވާހަކައިގެ ތަންކޮޅެކެވެ. ހަމަ ގައިމުވެސް، އެދުވަހުގެ ބިރުވެރިކަން އިހްސާސްވާނީ އެދުވަހުގެ ބިރުވެރިކަމާއި ކުރިމަތިވި މީހުންނަށްކަން ގައިމެވެ.

undefined

2004ގެ ސުނާމީއަކީ މުޅި ދިވެހި ގައުމު އަދި އެތަކެއް އެހެން ގައުމުތަކުގެ އެތަކެއް ފަރާތްތަކުގެ އާއިލާތަކާއި އެތަކެއް ބައެއްގެ ދިރިއުޅުންގޮސް، އެތަކެއް ބައެއް ގެއްލި އަދި ހަމަ އެހެންމެ އެތަކެއް ބައެއްގެ ދިރިއުޅުން މުޅިން ފަނާވެ ދިޔަ ސުނާމީއަކަށް ވީހިނދު، އެދުވަހަކީ ހަމަ ގައިމުވެސް ވަރަށް ހިތާމަވެރި ދުވަހެކެވެ. ހިތާމަތަކާއި އެކުވެސް، ދިވެހީންގެ އެއްބައިވަންތަކުމެގެ ލާމަސީލު ނަމޫނާ ފެނުނު އެދުވަހަކީ، ދިވެހީން މިއަދު ފާހަނގަ މިކުރާ އެއްބައިވަންތަ ކަމުގެ ދުވަހުގެ އަސްލެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ