logoEN
cocacola
ރާއްޖެއައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުން 12 ގްރާމް މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުން 12 ގްރާމް މަސްތުވާތަކެތި އަތުލައިގެންފި

އައިޝަތު އިފާޝާ

logo

3/17/2022, 10:32:42 AM

# ކަސްޓަމްސް# މަސްތުވާތަކެތި# ކެނަބިސް

fn-etgcvuami8dp

ވައިގެ މަގުން ސްރީލަންކާ އިން ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ އަތުން 12.7 ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ގޮސިޔާ

ކަސްޓަމްސް އިން ބުނީ، 2022 މާރިޗު 6 ވަނަ ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން އެ ފަސިންޖަރުގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، އެ ފަސިންޖަރުގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

ފުރަތަމަ މަރުޙަލާގައި އެތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް (Cannabis) އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނެބިސް އޮށާއި (Cannabis seeds - 9.30 grams) ކެނެބިސް ހާބަލް (Cannabis Herbal-3.40 grams) އެވެ. އަދި އެތަކެތީގެ ޖުމްލަ ބަރުދަނުގައި 12.7 ގުރާމް ހުރިކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ