logoEN
ކޮކާކޯލާ
ބޭނުންވަނީ ހުވަދު އަތޮޅު ވިޔަފާރި ހަބަކަށް ހަދަން - އަމްރު

ބޭނުންވަނީ ހުވަދު އަތޮޅު ވިޔަފާރި ހަބަކަށް ހަދަން - އަމްރު

އަޙްމަދު ޖަމީލު

logo

12/22/2020, 6:22:27 PM

0-02-03-9186a2efa58117f41e7d327e73e9c57d2fbc858ff6afc8d9700630f549270ee6_1c6da1004067b4

ހުވަދު އަތޮޮޅަށް މިއަދު ފެށި ޑައިރެކްޓް ޝިޕިން ޚިދުމަތާއެކު ބޭނުން ވަނީ ހުވަދު އަތޮޅު އަލުން އަނބުރާ ވިޔަފާރި ހަބަކަށް ހެދުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަބުޅޯ

މޯލްޑިވްސް ސްޓޭޓް ޝިޕިގްގެ ދަތުރުތައް ހުވަދު އަތޮޅަށް ފަށައިގެން, އިންޑިއާގެ ޓުޓިކޮރިންއާއި ގދ. ތިނަދޫއާ ދެމެދު ދަތުރުތައް ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ތާރީޚުގައިވެސް ހުވަދު އަތޮޅަކީ ބޭރުގެ މުދާ ބޯޓުތައް ޑައިރެކްޓުކޮށް އަންނަ އަތޮޮޅެއް ކަމަށާއި، އޭރު މެދުވެރިވި ހާލަތާ ގުޅިގެން އެކަންކަން ހުއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް ބޭނުން ވަނީ ހުވަދު އަތޮޅަކީ ވިޔަފާރި ހަަަބަކަށް ހެދުން ކަމަށްވެސް އޭނަ ވިދާޅުވިއެވެ.

"ހުވަދު އަތޮޅަކީ މީގެ ކުރިން ވަރަށް ވަރުގަދައަށް ވިޔަފާރިކޮށް، ވަރަށް ގިނަ މުއްސަނދި ވިޔަފާރިވެރިންތަކެއް ދިރިއުޅެމުން އައި އަތޮޅެއް. އެހެން ނަމަވެސް ވަރަށް ހިތާމަވެރި ހާދިސާއަކާ ގުޅިގެން ވަރަށް ޒަމާން ވަންދެން އެކަން މިއޮތީ ހުއްޓިގެން ގޮސްފަ. އެހެން ނަމަވެސް އަޅުގަނޑުމެން އެންމެންގެ އަމާޒަކި މިއަދު އަލުން އަނބުރާ އެދުވަސް ގެންނަން. އަލުން އަނބުރާ ހުވަދޫ އަތޮޅަކީ ވިޔަފާރި ހަބެއް ކަމުގައި ހަދަން،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވި ގޮތުގައި އެނާގެ ވިސްނުމަކީ ހުވަދު އަތޮޅުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަކީ ފުދުންތެރި ބަޔަކަށް ހެދުމެވެ. އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓިގެން ދިޔަ އިރުވެސް ރާއްޖޭގައި ތަކެތީގެ އަގުތައް މަތި ނުވެ ހިފެހެއްޓުނީ ރާއްޖޭގެ އަމިއްލަ ޝިޕިން ކުންފުންޏެއް ގާއިމްކުރެވި ބޭރުން ޑައިރެކްޓު ޝިޕިން ކުރެވުނީތީ އެވެ.

އަދި މިއަދަކީ މިއީ އިންޑިއާގެ 1.2 ބިލިއަން މީހުންނާއި ހުވަދު އަތޮޅުގެ 50،000 މީހުން ގުޅިގެން ދިޔަ ދުވަސް ކަމަށާއި އެ ޚިދުމަތުގެ ދަށުން އަތޮޅުގެ ރައްޔިތުންނާއި ވިޔަަފާރިވެރިންނަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

"ކާގޮ ގެނައުމުގައި އަގު ހެޔޮ ވެގެން އެބަދޭ. އަދި ކޮންމެ 20 ދުވަހަކުން ބޯޓު އަންނާތީ ބޭނުންވާ ދުވަހަށް ބޭނުންވާ ގަޑިއަށް ބަރާބަރަށް ކާގޯ ލިބެމުންދާނެ،" އަމްރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ