logoEN
cocacola
މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައި ބޮޑު އިހްތިޖާޖެއް ފެލިވަރުގައި

މަސްވެރިންގެ ކެތްތެރިކަން ކޮޅުންލައި ބޮޑު އިހްތިޖާޖެއް ފެލިވަރުގައި

އަހުމަދު ޝުރާއު

logo

12/22/2020, 2:50:54 PM

Screenshot 2020-12-22 at 14.50.05

މަސްވެރިންގެ ގިނަ ޝަކުވަތަކަކާއި ޑިމާންޑްތަކާއި އެކު ޅ ފެލިވަރުގައި ބޮޑު އިހްތިޖާޖެއް ކުރަން ފަށައިފި އެވެ.

ގޮސިޔާ

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ހިންގާ ފެލިވަރު ފެކްޓްރީ ހުންނަ ރަށުގެ ފަޅު ތެރެ އާއި ކަނޑުމަތީގައި ދޯނިތައް މަޑުކޮށްލައިގެން ތިބެ ފެށި މި އިހްތިޖާޖު މިހާރު ކުރަމުން އަންނަނީ ފެލިވަރު ބަދަރު މަތީގައިއެވެ. މަސްވެެރިން ފެލިވަރަށް އެރީ ގުލުހުންގެ ސަފުތަށް ފޫއަޅުވާލައިފައި ކަމަށް މައުލޫމާތު ލިބެއެވެ.

މަސްވެރިންގެ މައިގަނޑު ޝަކުވާއަކީ މަހުގެ އަގު ދަށްވެފައިވާ ވަގުތެއްގައި މަސް ކިރުން ލަސްވުމެވެ. އެކަމުގެ ސަބަބުން ދަތިވަމުންދާ ކަމަށް މަސްވެރިން ބުނެފައިވެ އެވެ. އަދި މި އިހްތިޖާޖުގައި މަސްވެރިން އަންނަނީ މައިގަނޑު 5 ކަމަކަށް ޑިމާންޑް ކުރަމުންނެވެ. އެގޮތުން މަސްވެރިން ވަނީ މިފްކޯގެ ވެރިންނާއި ބައްދަލު ކުރަން ޑިމާންޑްކޮށްފައެވެ. އަދި މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް ވަނީ ޑިމާންޑުކޮޮށްފައެެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިންވަނީ ކަނޑުމަތީގައި ބޮޑު އިހްތިޖާޖެއް ކުރިޔަށްގެެންގޮސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ