logoEN
cocacola
ފޯކައިދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި، ޒަމާނީ އިންޖީނުގޭގެ ހިދުމަތް ދޭން ފަށައިފި

ފޯކައިދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި، ޒަމާނީ އިންޖީނުގޭގެ ހިދުމަތް ދޭން ފަށައިފި

viber_image_2022-02-03_21-53-09-790

ށ. ފޯކައިދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި، ޒަމާނީ އިންޖީނުގޭގެ ހިދުމަތް ދޭން ފަށައިފި އެވެ.

ގޮސިޔާ

ފޯކައިދޫގެ ޒަމާނީ އިންޖީނުގެ ހުޅުވާފައިވަނީ މިރޭ އެކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

ފޯކައިދޫގައި އަލަށް ގާއިމްކުރެވުނު އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީ އަކީ 1.5 މވ އަށް ބަދަލުކުރެވިފައެވެ. އަދި ޑިސްޓްރިބިއުޝަން ނެޓްވޯކް އާކުރުމަށްޓަކައި ޖުމްލަ 3،000 މީޓަރުގެ ކޭބަލް ވަޅުލައި، 4 ޓްރާންސްފޯމަރު ބަހައްޓައި، ހައިވޮލްޓޭޖް ވިއުގައަކަށް ވަނީ ބަދަލުކުރެވިފައެވެ. މިއީ ދަތިކަމެއްނެތި ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާ އިތުރު ވަސީލަތްތައް ފަހިކޮށް ފުރިހަމަކުރެވިފައިވާ ޒަމާނީ އިންޖީނުގެއެއް ކަމަށް ފެނަކައިން ބުނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރާއި އެކުންފުނީގެ ހީވާގި މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ވައުދެއްކަމަށެވެ. އަދި ފެނައިން ކުރަމުން އަންނަނީ އެ ވައުދު ފުއްދުމުގެ މަަސައްކަތްކަމަށް ރައީސް ސޯލިޙް ފާހަގަކުރެއްވި އެވެ.

ފެނަކައިން ކުރަމުންދާ މަސައްކަތުގެ ތެރެއިން 39 ރަށެއްގައި އައު އިންޖީނުގެ ނިންމާފައިވާއިރު، އަދި އިތުރު 31 ރަށެއްގައި އެމަސައްކަތް ކުރެވެމުން އަންނަކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ފާއިތުވި 70 އަހަރުން އަތޮޅުތެރޭގައި ގާއިމްކުރެވުނު ކަރަންޓުގެ ޖުމްލް ކެޕޭސިޓީ މިދިޔަ 3 އަހަރުން ފެނަކަ އާއިލާއިން ވަނީ ދެގުނަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ