%20(1).jpeg?w=3840&q=75)




.jpg?w=3840&q=75)



ގާފު ފޮޓޯ: ފިރުޝާން
ގއ.ވިލިނގިލީގައި ހުންނަ އެސްޓީއޯ ގެ ފާރމަސީ ރޭގެ ވަގުތެއްގައި ފަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ފުލުހުން ވިދާޅުވީ އެ ފާމަސީ ފަޅާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު ޖަހާކަށް ހާއިރު ކަމަށް ވާއިރު، އެ ފާމަސީ ފަޅާލާ އެތަނުގެ ބިއްލޫރި ގަނޑު ތަޅާލުމަށް ފަހު، އެތަނަށް އެކިވަރުގެ ގެއްލުންތައް ދީފައިވާ ކަމަށް ވެސް ފުލުުން ފާހަގަކުރައްވައެވެ.
އެ ފިހާރަ ފަޅާލުމަށް ފަހު ނަގާފައި ވަނީ ކޮންޓްރޯލްކޮށްގެން ވިއްކާ ކަހަލަ ބޭސްތަކަކާއި، ފައިސާ ކަމަށް އެނގިފައިވެއެވެ.
މިހާރު ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ އިރު މިހާތަނަށް އައި އިރު އެ މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
ފާމަސީ ފަޅާލުމާ ގުޅިގެން މިހާރު އެތަނުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް މާދަމާއިން ފެށިގެން އެތަނުގެ ޚިދުމަތްތައް ލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
%20(1).jpeg?w=3840&q=75)



