![މަތިންދާބޯޓަކަށް ބަދަލު ކޮށްލެވޭ ކާރެއް](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F12%2FKlein_Vision_AirCar-scaled-1.jpg&w=3840&q=75)
Klein_Vision_AirCar-scaled
މަތިންދާ ބޯޓަކަށް ބަދަލުކޮށްގެން ކާރެއް އުދުއްސައިގެން ދިއުމަކީ ހައިރާންކުރަނިވި ކަމަކަށްވިޔަސް މިކަމަކީ ވަރަށް ކައިރީގައި އޮތް ކަމެކެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ކްލެއިން ވިޝަން ކުންފުނިން ދިރާސާކޮށް ތަރައްޤީކުރަމުން ގެންދަނީ މަތިންދާބޯޓަކަށް ބަދަލު ކޮށްލެވޭ ކާރެކެވެ. މި ޕްރޮޖެކްޓްގެ ވެރިއަކަށް ހުރީ ޕްރޮފެސަރ ސްޓެފަން ކްލެއިން އެވެ. ޕްރޮޖެކްޓްގެ ފަސްވަނަ މަރުހަލާއާއި ހަމައަށް ވާސިލުވެ ވިފައިވާ މި ޕްރޮޖެކްޓަށް ކިޔަނީ ”އެއަރކާރ“ އެވެ.
ޕްރޮޖެކްޓް ކުރިއަށް ގޮސްފައިވާ ހިސާބު ދައްކައިލާ، ވަރަށް ހައިރާން ކުރުވަނިވި ވީޑިއޯއެއް މިހާރު ވަނީ އާއްމު ކޮށްފައެވެ. ޓެސްޓް ފްލައިޓްގެ މި ވީޑިއޯއިން ފެނިގެން ދަނީ، މަތިންދާބޯޓަކަށް ކާރު ބަދަލުކޮށްލުމުގެ ކުރިން މަގުމަތިން ދުއްވާފައިދާ ތަނާއި، މަތިންދާބޯޓަކަށް ބަދަލުކޮށްލުމަށްފަހު އުދުހޭ މަންޒަރެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި މި ކާރު މަތިންދާ ބޯޓަކަށް ބަދަލު ކޮށްލަން ނަގަނީ އެންމެ ތިން މިނެޓެވެ.
https://youtu.be/QAnIjwwzupI
ދެ ގޮނޑި ހުންނަ މި ކާރުގެ ބަރުދަނަކީ 1100 ކިލޯގްރާމެވެ. މި ވައިކާރަށް ހަކަތަ ލިއްބައިދެނީ ބީއެމްޑަބަލިޔު 1.6-އެލް އިންޖީނަކުންނެވެ. އަދި މި އިންޖީނުން 140 ހޯސްޕަވަރުގެ ހަކަތަ އުފައްދައެވެ. ކްލެއިން ވިޝަން ބުނީ 1000 ކިލޯމީޓަރުގެ ރާސްތާއަކަށް ވައިކާރުގައި ދަތުރުކޮށްލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ގަޑިއަކަށް 18 ލީޓަރު ތެޔޮ އަންދާނެ ކަމަށެވެ.
ކުންފުނިން ބުނީ ވައިކާރު އުދުއްސައިގަތުމަށްޓަކައި 300 މީޓަރުގެ ޖާގަ ބޭނުންވާއިރު، ގަޑިއަކު 200 ކިލޯމީޓަރަށް އިސްޕީޑް ނަގާނެ ކަމަށެވެ. އެހެންކަމުން 25 ވަރަކަށް މީޓަރުގެ ސާފު ބިމެއް މިކަމަށްޓަކައި ބޭނުންވާނެ ކަމަށެވެ.
ޕްރޮފެސަރ ކްލެއިން ބުނީ ކާރު ގަތުމަށް ބަޔަކު ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް ކާރު ވިއްކާ އަގު ހާމައެއް ނުކުރެއެވެ.