
nihan hussain manil
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ލީޑަރަކަށް ހުންނެވި ނިހާން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ނިހާން ފުރުން މަނާކޮށްފައިވާ ކަމަށެވެ.
ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނިހާން ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ޖުމްހޫރީ ޕާޓީން ސިލްސިލާކޮށް ބާއްވަމުންދިޔަ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ނިހާން ކޮންމެރެއަކުން އޭރު ވާހަކަ ދެއްކެވިއެވެ.
ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.